ބޯހާސްގެ ގޯލުން ޓީސީ އަތުން ވެލެންސިއާ ސަލާމަތްވެއްޖެ

އޭއެފްސީ ކަޕްގައި ޕަރޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ވެލެންސިއާގެ ބޯހާސް އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭއެފްސީ ކަޕްގައި ޕަރޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ވެލެންސިއާގެ ބޯހާސް އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އިތުރު ވަގުތުގައި ވެލެންސިއާގެ ސްޕެއިންގެ ފޯވާޑް ބޯހާސް މާޓިން ޖެހި ގޯލުން 1-1 އިން އެއްވަރުކޮށް، ޓީސީ ސްޕޯޓްސް ކްލަބް އަތުން ވެލެންސިއާ ބަލިނުވެ ސަލާމަތްވެއްޖެ އެވެ..

ލީގުގައި އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ރޭ ކުޅުނު މެޗުން ވަނީ ދެ ވަނައިގައި އޮތް އީގަލްސް އަތުން ބަލިވެފަ އެވެ. މާޒިޔާ އަށް އަށް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސްގެ އޮތީ އަށް މެޗުން 19 ޕޮއިންޓެވެ. ވެލެންސިއާ ތިން ވަނައިގައި އޮތީ އަށް މެޗުން 13 ޕޮއިންޓާ އެކު އެވެ. ޓީސީ ހަތަރެއްގައި އޮތީ އަށް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅެން ޖެހޭ ދެ މެޗުގެ މެދުތެރެއަށް މިރޭގެ ޓީސީ މެޗު ވަންނާތީ، ވެލެންސިއާ އިން ވަނީ މިރޭ ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން އެފްއޭއެމަށް ހުށަހަޅައިފަ އެވެ. އެކަމަކު، ދެ ޓީމާ މަޝްވަރާކުރުމަށް ފަހު އެފްއޭއެމުން ނިންމީ ޝެޑިއުލާ އެއްގޮތަށް މެޗު ކުރިއަށްގެންދާށެވެ.

އަންގާރަ ދުވަހުގެރޭ ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީއާ ދެކޮޅަށް ވެލެންސިއާ އިން ނެރުނު ފުރަތަމަ އެގާރަ އަށް މިރޭގެ މެޗަށް ނުކުތްއިރު ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އަނިޔާގެ ސަބަބުން ޕަރޯ މެޗުގައި ބަދަލުކުރި ހުސެއިން ފައިސަލް (ފައިޓޯ)ގެ ބަދަލުގައި ވަނީ ޔޫސުފް ރަމީޒް (ރަމީ) ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

ޓީސީން ވަނީ މިރޭގެ މެޗު ފަށައިގެން 12 މިނިޓް ތެރޭ ލަނޑު ޖަހާނެ ހުސް ދެ ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އަތުން ގެއްލުނު ބޯޅައެއް ހޯދައި، ހުސްކޮށް އޭރިއާތެރެއަށް ވަދެ، ޓީސީގެ ޒަޔާން ނަސީރު (ޒައްޔު) ޖެހި ބޯޅަ ވެލެންސިއާގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ޒައްޔު ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ޓީސީގެ އަހުނަފް ތަސްނީމް މުހައްމަދު (ނަފްކޮ) ޖެހި ޝޮޓް ވެސް ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ.

ފުލުފުލުގައި ކުރަމުންދިޔަ އެޓޭކްތަކުގެ ފައިދާ ޓީސީ އަށް ކުރީ 17 ވަނަ މިނިޓްގަ އެވެ. އެ ޓީމުން ލީޑުނެގީ ޒައްޔު ޖެހި ގޯލުންނެވެ. ޓީސީގެ ފުލްބެކް، އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ނެގި ހުރަހަކުން އެ ޓީމުގެ މިސްރު ފޯވާޑް، އުމަރު ސަލާހު ސައީދު ބޮލުން ޖައްސާލި ބޯޅަ އޭރިއާތެރެއިން ޒައްޔު ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް ގައިގައި ޖެހިފައި މަޑުވި އެވެ. ދެ ވަނަ ފަހަރަށް ލިބުމުން ޒައްޔު ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ޒައްޔު ވަނީ މި ސީޒަނުގައި ޕްރެޒިޑެންޓްސް ކަޕްގައި ވެސް ވެލެންސިއާ ކޮޅަށް ގޯލު ޖަހައިފަ އެވެ.

ޓީސީގެ ޒައްޔު (މ) ވެލެންސިއާގެ ރަމީ ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އެފްއޭއެމް

ވެލެންސިއާ އިން ފުރަތަމަ 20 މިނިޓް ފަހުން މެޗުގެ ތެރެއަށް ވަދެ ކުޅެން ފަށައި، އެޓޭކަށް ކުޅުންތެރިން ގިނަ ކުރަން ފެށި އެވެ. ވެލެންސިއާގެ އިސްމާއިލް ޒާން އާމިރު އޭރިއާބޭރުން ޖެހި ދެ ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. މެޗުގެ 36 ވަނަ މިނިޓްގައި އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ބޯހާސް މާޓިން ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ރީބައުންސް ބޯޅަ ލިބުނީ އެ ޓީމުގެ އަސްހަދު އަލީ (އަޑޭ) އަށެވެ. އަޑޭ ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ހުރަސްދަނޑިއަށެވެ.

ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭ ޓީސީގެ ވާޑު ކުރި ދެ ފައުލަކަށް ދެއްކި ދެ ރީނދޫ ކާޑާ އެކު އޭނާ އަށް ރަތް ކާޑު ދެއްކި އެވެ. އޭގެ މިނިޓެއް ފަހުން ވެލެންސިއާ އިން ނަތީޖާ ހަަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. ދެ ވަނަ ހާފްގައި ބަދަލަކަށް ކުޅެން އެރި އިސްމާއިލް އީސާ (މެސީ) ހުސްކޮށްލާފައި ދިން ބޯޅަ ޖަހަން އަރައި ހުރި ބޯހާސް ފައިގައި ޖެހޭގޮތެއްނުވި އެވެ.

ޓީސީގެ ކުޅުންތެރިއަކު މަދުވުމުން ވެލެންސިއާ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، މެޗުގެ 68 ވަނަ މިނިޓްގައި ވެލެންސިއާގެ ހަސަން ސުފިޔާން (ސޫފީ) އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ ތިން މިނިޓް ފަހުން އޭރިއާތެރެއިން އަޑޭ ފޮނުވާލި ބޯޅައެއް ބްލޮކްވެގެން އެ ޓީމުގެ އަހުމަދު ރިލްވާން (ރިލޭ) އަށް ލިބުމުން ފޮނުވާލި ހަމަލާގައި ބާރެއް ނެތުމުން ޓީސީގެ ގޯލްކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާ ވަނީ ފަސޭހަކަމާ އެކު ބޯޅަ އަތަށް ނަަގައިފަ އެވެ.

މެޗުގެ 77 ވަނަ މިނިޓްގައި ޓީސީ އޭރިއާތެރެއިން ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) ނެގި ހުރަހަކުން އެ ޓީމުގެ އަލީ ސަމްދޫހު މުހައްމަދު ފޮނުވާލި ބޯޅަ ޖެހުނީ އެ ޓީމުގެ އަޑޭ ގައިގަ އެވެ.

ވެލެންސިއާ އިން ގޯލެއް ޖަހަން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ކައުންޓަ އެޓޭކުގައި ޓީސީ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއް ނުހިފުނެވެ. އެ ގޮތުން ޓީސީގެ ފުލްބެކް ހަމްދޫން އަބްދުލް ލަތީފް ހުސްކޮށްލާފައި އެ ޓީމުގެ އުމަރު ސަލާހަށް ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަނުމުގެ ބަދަލުގައި އޭނާ އޭރިއާބޭރުން ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ރިލޭ ނެގި ހުރަހަކުން ސަމްދޫހު ކައިރީ ކަނަށް ފޮނުވާލި ބޯޅަ ސުޖަން ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އިތުރު ވަގުތުގެ ބާކީ ވަގުތުގައި ވެލެންސިއާ އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތުގައި ވެސް ދުލެއް ނުދިނުމުގެ ނަތީޖާ ފެނުނެވެ. ކައުންޓަ އެޓޭކުގައި ވެލެންސިއާ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ބޯހަސް އެވެ. މިއީ އޭރިއާތެރެއިން ޔާނު ހުސްކޮށްލާފައި ދިން ބޯޅައަކުން ބޯހަސް ޖެހި ގޯލެކެވެ.

އަނިޔާގެ މައްސަލަތަކާއި ގިނަ ގޮންޖެހުންތަކެއް މި ވަގުތު ކުރިމަތިވެފައި އޮތް ވެލެންސިއާ އިން މިރޭގެ މެޗަށް ފަހު މާދަމާރޭ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ޑާކާ އަބަހާނީއާ ކުޅޭ މެޗަށް މާދަމާރޭ ބަންގްލަދޭޝަށް ފުރާނެ އެވެ.

ލީގުގައި މާދަމާރޭ ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ. މެޗު ފަށާނީ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox