ބެލޮންޑިއޯ އެވޯޑް ސީޒަނަކު އެއް ފަހަރު ދޭ ގޮތަށް ބަދަލެއް

Mar 12, 2022, 3:47 AM
މެސީ ބެލޮންޑިއޯ އެވޯޑް ހިފައިގެން: އޭނާ ވަނީ ހަތް ފަހަރު މި އެވޯޑް ހާސިލްކޮށް ރެކޯޑެއް ގާއިމްކޮށްފައި.

މެސީ ބެލޮންޑިއޯ އެވޯޑް ހިފައިގެން: އޭނާ ވަނީ ހަތް ފަހަރު މި އެވޯޑް ހާސިލްކޮށް ރެކޯޑެއް ގާއިމްކޮށްފައި.

ޕެރިސް (މާޗް 12) - ފްރާންސް ފުޓްބޯލް މެގަޒިންގެ ފަރާތުން މީގެ ކުރިން ކަލަންޑަރު އަހަރަކު އެއްފަހަރު ދެމުން އައި ބެލޮންޑިއޯ އެވޯޑް ސީޒަނަކު އެއްފަހަރު ދޭ ގޮތަށް އެވޯޑްގެ ފޯމެޓް ބަދަލުކޮށްފި އެވެ.

ބެލޮންޑިއޯ އެވޯޑްގެ ފޯމެޓް ބަދަލުކުރަން ފްރާންސް ފުޓްބޯލް އިން ނިންމާފައިވަނީ ޖަޖުންގެ އަދަދު ވެސް މަދު ކުރުމަށް ފަހު އެވެ. މީގެ ކުރިން 170 ޖަޖުންގެ މެދުގައި އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ ހޮވި ނަމަވެސް ދެން އެ އެވޯޑަށް އިންސާފުކުރާނީ 100 ޖަޖުން/ނޫސްވެރިންގެ ޕެނަލުންނެވެ. އަދި އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމުގައި ކުރިން 100 ޖަޖުން ވޯޓުލި ނަމަވެސް މިހާރު އޮތްގޮތުން އެ އަދަދު ވަނީ 50 އަށް ކުޑަކޮށްފަ އެވެ.

މި ބަދަލާ އެކު މި އަހަރުގެ ބެލޮންޑިއޯ ހަފްލާ އޮންނާނީ ސެޕްޓެމްބަރު ނޫނީ އޮކްޓޫބަރުގަ އެވެ. އެވޯޑަށް ކުޅުންތެރިން ރޭންކް ކުރާނީ މި އަހަރުގެ ޖުލައިގެ ނިޔަލަށް ބަލައިގެންނެވެ. އެއީ ފިރިހެން ފުޓްބޯޅަ ސީޒަނާއި އަންހެން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރޭންކިންތަކަށް ބަލައިގެންނެވެ. މާނަ އަކީ މި އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރުގައި ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ކުރިން ބެލޮންޑިއޯ ލިބޭނެ ކުޅުންތެރިން ކަނޑައެޅިގެންދާނެ އެވެ.

ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ.

ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ. މިއީ ފްރާންސް ފުޓްބޯލް އިން އެކްރެޑިޓްކުރާ ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުން ވޯޓު ދީގެން ހޮވާ އެންމެ މޮޅު ކުޅުންތެރިއަކަށް ދޭ އެވޯޑެކެވެ. މި ފަހަރު ބެލޮންޑިއޯ އެވޯޑަށް ގެނައި ބަދަލުގެ ސަބަބުން މި ބްރޭންޑް އިތުރަށް ވަރުގަދަވާނެ ކަމަށް އެވޯޑް އިންތިޒާމްކުރާ ފްރާންސް ފުޓްބޯލް އިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox