ބުސްކެޓްސް ބުނީ ބެލޮންޑިއޯ ލިބެންޖެހޭނީ ޑެމްބެލޭ އަށް ކަމަށް

Aug 29, 2025, 2:36 AM
ބުސްކެޓްސް ބުނީ ބެލޮންޑިއޯ ލިބެންޖެހޭނީ ޑެމްބެލޭ އަށް ކަމަށް

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 29) - މިދިޔަ ސީޒަނަށް ބަލާއިރު، ފްރާންސް ފުޓްބޯލް އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ލިބެން ޖެހޭނީ ޕީއެސްޖީގެ ފްރާންސް ފޯވާޑް، އޮސްމާން ޑެމްބެލޭ އަށް ކަމަށް ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު، ސާޖިއޯ ބުސްކެޓްސް ވަނީ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ޑެމްބެލޭ ވަނީ ފްރާންސްގެ ތިން މުބާރާތް ކާމިޔާބުކުރުމުގެ އިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ވެސް ޕީއެސްޖީއާ އެކު ހޯދައިފަ އެވެ. އަދި، ޖޫން/ޖުލައި ގައި އެމެރިކާގައި ބޭއްވި ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުކުރި ޕީއެސްޖީން ވަނީ މި ފަހަރުގެ ޔުއެފާ ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

ބެލޮންޑިއޯގެ އެއް ފޭވަރިޓެއްގެ ގޮތުގައި ހުރި ޑެމްބެލޭ އަށް އެ އެވޯޑް ހައްގުވާ ކަމަށް ބުސްކެޓްސް ބުނެފައިވަނީ، މިދިޔަ ސީޒަނުގައި އެއް ލެވަލެއްގައި ގިނަ މެޗުތަކެއް އޭނާ ކުޅެފައިވާތީ އެވެ.

Advertisement

"އެހެން ހުރިހާ ކުޅުންތެރިންނަށް ވުރެން ރަނގަޅު ކުޅުމެއް ޑެމްބެލޭ ދެއްކި، އެ ކުޅުން ގިނަ މެޗުތަކެއްގައި ދެއްކި، މުޅި ސީޒަނަށް ބަލާއިރު އެއް ލެވަލެއްގައި ހިފެހެއްޓި، އަހަރެމެންނަށް އެނގޭ އެއީ ކޮން ލެވަލެއްގެ ކުޅުންތެރިއެއްކަން، އޭނާ އަށް ކިހާ ތަފާތެއް ދެއްކޭކަން،" ބުސްކެޓްސް ބުންޏެވެ.

"ދެން ހައްގު ކުޅުންތެރިން ކިޔަންޏާ، ބާސެލޯނާގައި ވެސް އެބަތިބި ކުޅުންތެރިން، ދެން، އަހަންނަށް ނޭނގެ މި ވޯޓު ދަނީ ކިހިނެއް ކަމެއް،"

ކުރިން ބާސެލޯނާ އާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ޑެމްބެލޭ މިދިޔަ ސީޒަނުގައި 53 މެޗު ކުޅުނުއިރު، 35 ގޯލު ޖަހައި، 16 ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދިނެވެ.

ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން، 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ. ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު ދެނީ، ދުނިޔޭގެ ރޭންކިން ގަދަ 100 ގައުމުން އެކްރެޑިޓްކުރާ 100 ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުންނަށެވެ. މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ރޮޑްރީ އެވެ. މި ފަހަރުގެ ބެލޮންޑިއޯ ހަފްލާ އޮތީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox