ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

Nov 7, 2026, 11:57 PM
ބަޔާނަށް ލަނޑު ޖަހައިދިނުމަށް ފަހު ކާލް އުފާފާޅުކުރަނީ.

ބަޔާނަށް ލަނޑު ޖަހައިދިނުމަށް ފަހު ކާލް އުފާފާޅުކުރަނީ.

މިއުނިކް (ނޮވެމްބަރު 7) - ޖަރުމަނު ލީގުގައި މިރޭ ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން މޮޅުވި ކަމުގައި ވިޔަސް މައިންޒް އަތުން 2-1 އިން މޮޅުވެ، ބަޔާން މިއުނިކުން ލީގު ތާވަލުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ. 

ދެ ވަނައިގައި އޮތް ޑޯޓްމަންޑުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެލްވާސްބާގު އަތުން 2-1 އިން ކުރިހޯދައިފަ އެވެ. 

އެއް ވަނައިގައި އޮތް ބަޔާނާއި ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ ނުވަ މެޗުން 21 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އާރްބީ ލައިޕްޒިިގަށް ވަނީ ނުވަ މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ފްރެއިބާގަށް އަށް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. 

ރަށުންބޭރުގައި ކުޅުނު ބަޔާނުން ލީޑުނެގީ 14 ވަނަ މިނިޓްގަ އެެވެ. ބަޔާނާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2029 އަށް އާ ކުރިތާ ދެތިން ދުވަހެއް ފަހުން ކޭން މިރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، ބަޔާނުން ޖެހި ދެ ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ކޭން އެވެ. އެ ގޮތުން، ފުރަތަމަ ލަނޑު ޖެހި ޔޯސުއާ ކިމިކް ވަނީ ކޭން ދިން ބޯޅައެއް އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ވައްދާލައިފަ އެވެ. 

މައިންޒަށް އެއްވަރުކޮށްދޭން ލީ ޖައެ ސުން ފޮނުވާލި ބޯޅައެއް ގޯލަށް ވަން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެެވެ. އަދި، އެ ގޯލު ޖަހަން ދިމާވި ކަންތައްތަކުގެ ތެރޭގައި ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އަށް އަނިޔާވެ ފަހުން ބަދަލުކުރަން ޖެހުނެވެ. 

މެޗުގެ 57 ވަނަ މިނިޓްގައި ކޭން ދިން ބޯޅަައެއް ހަނި އޭންގަލުން ގޯލަށް ވައްދާލައިގެން ބަޔާންގެ ދެ ވަނަ ލަނޑު ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ލެނާޓް ކާލް އެވެ. 

މައިންޒް އިން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ، މި ލަނޑު ޖެހީ، ބެނެޑިކްޓް ހޮލެބަޗްގެ ހުރަހަކުން ފިލިޕް ޓިއެޓްޒް ބޮލުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

Newsletter

Get the latest news delivered straight to your inbox