19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވީ ފުރަތަމަ ޑިވިޝަން އަށް ޓީމާއި މަހިބަދޫ

Dec 7, 2021, 7:09 AM
2020 ވަނަ އަހަރު ކުޅުނު ދެ ވަނަ ޑިިވިޝަން ފުޓްބޯޅަ މުބާރާތުގައި މަހިބަދޫ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

2020 ވަނަ އަހަރު ކުޅުނު ދެ ވަނަ ޑިިވިޝަން ފުޓްބޯޅަ މުބާރާތުގައި މަހިބަދޫ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ އިތުރުން މުބާރާތުގައި ބައިވެރިވީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ މަހިބަދޫ ސްޕޯޓްސް ކްލަބް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

މިއާ އެކު ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާނީ މަހިބަދޫގެ އިތުރުން އީގަލްސް، މާޒިޔާ، ވެލެންސިއާ، ގްރީން ސްޓްރީޓްސް، ޓީސީ، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އަތޮޅު ތެެރެއިން ދެ ޓީމަކަށް ދޭން އެފްއޭއެމުން ނިންމި އެވެ. އެކަމަކު، މުއްދަތު ހަމަވިއިރު ބައިވެރިވީ މަހިބަދޫ އެކަންޏެވެ. މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާތީ ކ.ގުރައިދޫ އާއި ބ. އޭދަފުށިން ވެސް މަޝްވަރާތަކެއް ކުރި އެވެ. އެކަމަކު، ބަޖެޓްގެ ދަތިތަކާއި އެހެނިހެން ސަބަބުތަކާ ހުރެ އެންމެ ފަހުން ގުރައިދޫ އާއި އެދަފުށްޓައް ބައިވެރިނުވެ އެވެ.

މި ފަހަރުގެ މުބާރާތުގެ ފޯމެޓް ރޭވިފައިވާ ގޮތުން ނުވަ ޓީމު ދެ ގްރޫޕަކަށް ބަހައިލާނެ އެވެ. ގްރޫޕް އެކެއްގައި ފަސް ޓީމު ކުޅޭއިރު، ގްރޫޕް ދޭއްގައި ހަތަރު ޓީމެއް ވާދަކުރާނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އޮތީ އަންނަ މަހު 24 އިން ފެބްރުއަރީ މަހު ފަސް ވަނަ ދުވަހާ ހަމައަށެވެ. ދެ ގްރޫޕުން ހަތަރު ޓީމެއް ސެމީ ފައިނަލަށް ހޮވޭއިރު، ސެމީގެ މެޗުތައް ކުޅޭނީ ފެބްރުއަރީ އަށް ވަނަ ދުވަހު އެވެ. ފައިނަލް މެޗު އޮންނާނީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ.

މި ފަަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވެވޭނީ 2003، 2004 އަދި 2005 ގައި އުފަންވެފައިވާ ކުދިންނަށް ކަމަށް އެފްއޭއެމުން ވަނީ ކަނޑައަޅައިފަ އެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ ޔޫތު ޗެމްޕިއަންޝިޕެއް ބޭއްވީ 2011 ވަނަ އަހަރު އެވެ. އޭރުން ފެށިގެން މުބާރާތް ބާއްވަމުން އައީ 21 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގަ އެވެ. އޭރު ފެށި އެ މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. އަލުން 2016 ވަނަ އަހަރު ފަށައި، 2018 ވަނަ އަހަރު މުބާރާތް ކުރިއަށްގެންދާ އުސޫލަށް ބަދަލެއް ގެނަ އެވެ. އެއީ އެއް އަހަރު 19 އަހަރުން ދަށަށް ބޭއްވުމަށް ފަހު ޖެހިގެން އަންނަ ފަހަރަކު 21 އަހަރުން ދަށަށް ބާއްވައި ކުޅުންތެރިން ޑިވެލޮޕްވެވޭ މުބާރާތަކަށް ޔޫތު ޗެމްޕިއަންޝިޕް ހެދުމަށެވެ.

އެންމެ ފަހުން 2019 ވަނަ އަަހަރު ޔޫތު ޗެމްޕިއަންޝިޕް ބޭއްވިއިރު، ޗެމްޕިއަނަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އީގަލްސް އެވެ. މިހާތަނަށް 19 އަހަރުން ދަށަށް ހާއްސަކޮށްގެން ޔޫތު ޗެމްޕިއަންޝިޕް ބޭއްވީ އެންމެ ފަހަރަކު އެވެ. އެއީ 2018 ވަަނަ އަހަރު އެވެ. އެ ފަހަރު މުބާރާތުގެ ތަށި އުފުލާލީ ގްރީން ސްޓްރީޓްސް އިންނެވެ.

ގިނަ ކްލަބްތަކަކުން އަންނަނީ ޔޫތު ޗެމްޕިއަންޝިޕަށް ކުޅުންތެރިން ހޯދުމުގެ މަަސައްކަތް ކުރަމުންނެވެ. އެ ގޮތުން ބައެއް ކްލަބްތަކުން މާލޭގައި އޯޕަން ޓްރަޔަލްތަކެއް ބާއްވައިގެން ކުޅުންތެރިން ނަގަ އެވެ. އަނެއްކޮޅުން ބައެއް ކްލަބްތަކުން ރަށްރަށުން ރަނގަޅު ކުޅުންތެރިން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox