ގޯތި ނުލިބޭ ގޮތަށް ބިން ހިއްކަން އުޅޭތީ މަހިބަދޫ ރައްޔިތުން ރަތަށް

އދ. މަހިބަދޫ: ގޯތި ނުލިބޭ ގޮތަށް ރަށުގެ ބިން ހިއްކަން އުޅޭތީ މަހިބަދޫ ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން -- ފޮޓޯ: މުހައްމަދު ނައުޝާދު

އދ. މަހިބަދޫ: ގޯތި ނުލިބޭ ގޮތަށް ރަށުގެ ބިން ހިއްކަން އުޅޭތީ މަހިބަދޫ ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން -- ފޮޓޯ: މުހައްމަދު ނައުޝާދު

ގޯތި ނުލިބޭ ގޮތަށް އދ. މަހިބަދޫގައި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން އުޅޭތީ ރައްޔިތުން ރުޅިގަދަވެ، ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މަހިބަދޫ ރައްޔިތުން ހިތްހަމަނުޖެހުނީ އެ ރަށުގައި އެމްޓީސީސީން ހިންގަން ތައްޔާރުވަމުން އަންނަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާ ގުޅިގެންނެވެ. ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ މަޝްރޫއުގެ ތެރެއިން ބޯހިޔާވެހިކަން ހައްލު ނުވާތީ އެވެ. ހިއްކާ ތަނުން ގޯތި ދިނުމުގެ ބަދަލުގައި މިހާރު އޮތް ޕްލޭނަކީ ޕިކްނިކް އައިލެންޑެއް ހެދުމެވެ.

އެނގިފައިވާ ގޮތުގައި މަހިބަދޫގައި މަޝްރޫއު ހިންގާ އެމްޓީސީސީގެ ޓީމުން ރޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި މަޝްރޫއުގެ ކުރެހުން ހިއްސާ ކުރުމުން އެ ކުރެހުމާމެދު ރައްޔިތުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

މަޝްރޫއުގެ އީއައިއޭ ހެދުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި އެ ބައްދަލުވުމުގައި ހިޔާލު ބަދަލު ކުރަމަށްފަހު، ކުއްލިއަކަށް މަޝްރޫއު ހިންގަން ފެންނަ ގޮތާމެދު ވޯޓެއް ނެގުމަށް މަސައްކަތް ކުރުމުން އެ ބައްދަލުވުން ހޫނުވެ، ވަނީ ނިންމާލައިފަ އެވެ.

މަހިބަދޫ ކައުންސިލްގެ ނައިބުރައީސް އިބްރާހިމް ޝާތިރު "އަދަދު" އަށް ވިދާޅުވީ ރޭގެ ބައްދަލުވުމުގައި ރައްޔިތުން ވަނީ އެ ރައްޔިތުންގެ ކަންބޮޑުވުން ހިއްސާ ކޮށްފައި ކަމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި ވެސް ކަންބޮޑުވުންތައް ހުރިކަން ރައްޔިތުން ފާހަގަކުރި ކަމަށެވެ.

"ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ ބޯހިޔާވެހިކަމުގެ މައްސަލަ. ޕްރޮޖެކްޓުން އެ މައްސަލަ ހައްލުނުވާތީ އަދި ކުނީގެ މައްސަލަ ވެސް ރަށުގައި ބޮޑުކަމުން އެކަމަށް ވެސް ހައްލު ނާންނާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއިން ވެސް ގިރާ ހުރިހާ ސަރަހައްދެއް ހިމާޔަތް ނުކުރެވޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި،" ޝާތިރު ވިދާޅުވި އެވެ.

ރަށުގައި ފްލެޓު އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ވެސް ސަރުކާރުގެ ފަރާތުން ހުށަހެޅި ކަމަށާއި ނަމަވެސް އެގޮތަށް ފްލެޓުގައި ދިރިއުޅެން ރައްޔިތުން ބޭނުން ނުވާ ކަމަށް ޝާތިރު ވިދާޅުވި އެވެ.

ޝާތިރު ވިދާޅުވީ ކުރީ ސަރުކާރުން މަހިބަދޫގައި ހަތް ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ނިންމި ކަމަށާއި އެ ހުށަހެޅުމަށް އިތުރު އަށް ހެކްޓަރު އިތުރުކޮށްދޭން ކައުންސިލުން އެދުމުން ޖުމްލަ 15 ހެކްޓަރު ހިއްކަން އޭރު ނިންމި ކަމަށެވެ.

ނަމަވެސް އެ ޕްލޭނާ އެއްގޮތަށް މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ގޯތި ނުލިބޭ ގޮތަށް ރަށް ކައިރީ ދަތުރު ދިޔުމަށް ރަށެއް ހިއްކުމަށް މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ ގިނަ ރައްޔިތުން ގަބޫލުވާ ގޮތެއް ނޫން ކަމަށް ޝާތިރު ވިދާޅުވި އެވެ.

"މިހާރު ޕްލޭންގައި އޮތީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން ރަށް ކައިރީ ދަތުރު ދިޔުމަށް ޕިކްނިކް އައިލެންޑެއް ހެދުން. 15 ހެކްޓަރުގެ ބިން ހިއްކުން މިހާރު ނެތް ޕްލޭނަކު. އެއީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް. މިގޮތަށް ހެދުމުން ގޯތި ނުލިބޭނެ،" ޝާތިރު ވިދާޅުވި އެވެ.

މަހިބަދޫގައި 2،700 އެއްހާ މީހުންގެ އާބާދީއެއް އޮންނައިރު، އެ ރަށުގައި 2،000 އެއްހާ މީހުން އަަންނަނީ ދިރިއުޅެމުންނެވެ. އަދި އެ ރަށުގައި ބޯހިޔާވެހިކަމުގެ މައްސަލަ ޒަމާނުއްސުރެ އޮންނަނީ ދިމާވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox