ޔޫތު ޗެމްޕިއަންޝިޕުން ނިމާ އަށް ފެނިގެންދިޔައީ ރަށްރަށުގެ ކުޅުންތެރިންގެ ފެންވަރު

ޓީސީ ސްޕޯޓްސް ކްލަބްގެ ޔޫތު ޓީމުގެ ކޯޗު ނިމާ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ޓީސީ ސްޕޯޓްސް ކްލަބްގެ ޔޫތު ޓީމުގެ ކޯޗު ނިމާ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުން ފެނިގެންދިޔައީ އަތޮޅު ތެރޭ ފުޓުބޯޅަ ޓީމުތަކުގެ ކުޅުންތެރިންގެ ހުނަރާ ފެންވަރު ހުރިކަން ކަމަށް، މުބާރާތުގެ އެންމެ މޮޅު ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނެފި އެވެ.

މީގެ ކުރިން މެޗަކުން ބަލިނުވެ ކުލަބް އީގަލްސްއާ އެކު ވެސް ނިމާ ވަނީ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ. އެ ކާމިޔާބީ މި ފަހަރު ޓީސީ ސްޕޯޓްސް ކުލަބާ އެކު ނިމާ ވަނީ ތަކުރާރުކޮށްފަ އެވެ.

މުބާރާތް ކާމިޔާބު ކުރުމަށްފަހު "އަދަދު" އާ ވާހަކަ ދައްކަމުން ނިމާ ބުނީ، މި ފަހަރުގެ މުބާރާތުން ފެނިގެންދިޔައީ އަތޮޅު ތެރޭން މުބާރާތް ކުޅެން އައި ކުޅުންތެރިންގެ ފެންވަރު ކަމަށެވެ.

"މިކަން ޑިވޮލޮޕްކުރަން ޔަންގް ބެޗުގެ ޓީމުތައް ހަދާ މިކޮޅަށް ގެނެސް މިކަން ކުރަން ބަޔަކު ތިބިއްޔާ މި ރާއްޖޭގައި މި އަށް ވުރެ ބޮޑަށް މި އަށް ވުރެ ރަނގަޅު ޓީމުތައް ފެނިގެންދާނެ." ނިމާ ބުންޏެވެ.

އިންޓަނޭޝަނަލް ލެވަލްގައި ރާއްޖޭގެ އުމުރުފުރާ ގްރޫޕްތަކުގެ ޓީމުތައް ކާމިޔާބު ހޯދަން ބޭނުންވަނީނަމަ އެ ކުޅުންތެރިންނަށް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގައި ޓްރެއިންކޮށްފި ނަމަ ކާމިޔާބު ހޯދުން އެއީ ދުރުގައިވާ ކަމެއް ނޫން ކަމަށް ނިމާ ދެކެ އެވެ.

ނިމާ ބުނީ ރާއްޖޭގެ ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ތަފާތު ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި މިހާރު ކުރިއަރަމުން އަންނަ، ފުޓްސަލް އެކޭ އެއްގޮތަށް ފުޓުބޯޅަ ވެސް ރާއްޖޭގައި ކުރިއަރާނެ ކަމަށް ނިމާ ގަބޫލުކުރެ އެވެ.

"ރާއްޖޭގައި ކުޅޭ ޔޫތު ބެޗު ވަރަށް ބައިވަރު ކުޅުންތެރިން އެބަތިބި. އަދި ފުޓްސަލް އެކަންޏެއް ނޫން. ބޮޑު ފުޓުބޯޅަ ކުޅޭނެ ބައިވަރު ކުޅުންތެރިން ވެސް އެބަތިބި ރާއްޖޭގައި. އެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދެވެން އެބަޖެހޭ" ނިމާ ފާހަގަކުރި އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ މުބާރާތުގެ ތަށި ހޯދި ޓީސީ ޓީމަކީ، މޯލްޑިވްސް ސޮކަ މޭޓްސްއާ ގުޅިގެން ހިންގާ ޓީމެކެވެ. ޓީސީގެ އެކެޑަމީގެ ކަންކަން ކުރަނީ ސޮކަ މޭޓްސްއާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox