ފާގަސަން އެދެނީ ސޯލްޝެއާ އަށް އިތުރު ފުރުސަތެއް ދޭން: ރިޕޯޓް

Oct 26, 2021, 1:38 PM
ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ފާގަސަން (ކ) އާއި ސޯލްޝެއާ (ވ).-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ފާގަސަން (ކ) އާއި ސޯލްޝެއާ (ވ).-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޮކްޓޫބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ވާދަވެރި ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި ލަދުވެތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ މަގާމުން ވަކިކުރާނެ ކަމަށް ބެލެވިފައިވަނިކޮށް، ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަަސަންގެ ސަޕޯޓާ އެކު ސޯލްޝެއާ އަށް ކްލަބުން އިތުރު ފުރުސަތެއް ދޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގައި އެ ޓީމު އަތުން ލިވަޕޫލް މޮޅުވީ 5-0 އިންނެވެ. މިއީ ޔުނައިޓެޑްގެ ތާރީހުގައި މިދިޔަ ބައި ގަރުނުގެ ތެރޭގައި އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި މިހާ ތަފާތުކޮށް ބަލިވި ފުރަތަމަ މެޗެވެ.

ޔުނައިޓެޑްގެ ބޯޑުން ވަނީ ސޯލްޝެއާ ވަކިކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަން ގިނަ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އެކަމަކު، އެ ބައްދަލުވުމުގައި ބޯޑް މެމްބަރުންގެ މެޖޯރިޓީ އަށް އެއްގޮތަކަށް އެއްބަސްނުވެވޭތީ ވަކި ގޮތެއް ނުނިންމުނެވެ.

Advertisement

ފަހަކަށް އައިސް ޔުނައިޓެޑުން ކްލަބްގެ މުހިއްމު ނިންމުންތައް ނިންމާފައި ހުރީ އެ ކްލަބްގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު ފާގަސަންގެ ލަފަޔާ އެކު އެވެ.

ރިޕޯޓްތައް ބުނާގޮތުން ފާގަސަން އެދުނީ ސޯލްޝެއާ އަށް އިތުރު ފުރުސަތެއް ދިނުމަށެވެ. ޔުނައިޓެޑުން މިއަދު ޕްރެކްޓިސްތައް ފެށިއިރު، ސޯލްޝެއާއާ އެކު ފާގަސަން ވެސް ޓްރެއިނިން ދަނޑަށް ދިޔަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސޯލްޝެއާ ވަކިކޮށްފިނަމަ ޔުނައިޓެޑުން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި މި ވަގުތު އޮތީ ތިން ނަމެކެވެ. އެއީ ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން އެންޓޯނިއޯ ކޮންޓޭ އާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިނެދިން ޒިދާން ނޫނީ މި ވަގުތު ލެސްޓާ ސިޓީގައި ހުރި ކޯޗު ބްރެންޑަން ރޮޖާސް އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަނުގައި އިންޓަ މިލާނަށް އިޓަލީގެ ލީގު ކާމިޔާބު ކޮށްދިން ކޮންޓޭ ހުރީ ޔުނައިޓެޑްގެ ފުރުސަތު ލިބިއްޖެނަމަ ބޭނުން ހިފާގޮތަށެވެ. އެކަމަކު، ކޮންޓޭ ގެނައުމާ މެދު ޔުނައިޓެޑްގެ ބޯޑުގެ ވިސްނުން އޮތީ ދެކަފިވެފަ އެވެ. އެއީ މުސްތަގުބަލަށް ރަނގަޅު މަސައްކަތެއް ކުރަން ބަލާއިރު، ކޮންޓޭ އަކީ އެންމެ ރަނގަޅު ކޯޗެއް ނޫން ކަމަށް ބުނެ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންނަ ހޮނިހިރު ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި ކުޅޭ މެޗުގައި ޔުނައިޓެޑްގެ ކޯޗަކަށް ހުންނާނީ ސޯލްޝެއާ އެވެ.

އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ނުލިބެ އެވެ. ޔުނައިޓެޑުުން މީގެ ކުރިން ސޯލްޝެއާ އަށް 100 ޕަސެންޓް އިތުބާރު އޮތް ކަމަށް ބުނެފައިވީ ނަަމަވެސް ޓޮޓެންހަމް މެޗަކީ ޔުނައިޓެޑްގައި އޭނާގެ ހާލަތު ބަދަލުކުރަން ލިބޭ ފަހު ފުރުސަތު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ 2018 ވަނަ އަހަރު ޑިސެމްބަރު މަހު ހަވާލުވި ސޯލްޝެއާ ވަނީ މި ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު ތިން އަހަރަށް އާ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox