ޔުނައިޓެޑްގެ ކޯޗުކަމުން ސޯލްޝެއާ ވަކިކުރުމާ މެދު ގޮތެއް ނިންމަނީ

Oct 25, 2021, 3:10 PM
ޔުނައިޓެޑްގެ ކޯޗުކަމުން ސޯލްޝެއާ ވަކިކުރުމާ މެދު ގޮތެއް ނިންމަނީ

މެންޗެސްޓާ (އޮކްޓޫބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި ލަދުވެތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް ބަލިވެފައިވާއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމާ މެދު ކްލަބުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރޭ ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމު އަތުން ލިވަޕޫލް މޮޅުވީ 5-0 އިންނެވެ. މިއީ ޔުނައިޓެޑްގެ ތާރީހުގައި މިދިޔަ ބައި ގަރުނުގެ ތެރޭގައި އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި މިހާ ތަފާތުކޮށް ބަލިވި ފުރަތަމަ މެޗެވެ.

ލިވަޕޫލް މެޗުގެ ދަށް ނަތީޖާތަކަށް ފަހު ސޯޝަލް މީޑިއާގައި ޔުނައިޓެޑްގެ ސަޕޯޓަރުން އަންނަނީ ސޯލްޝެއާ ވަކިކުރަންޖެހޭ ކަމަށް ބުނެ ޝުއޫރު ފާޅުކުރަމުންނެވެ. މެންޗެސްޓާ އިވްނިންނިއުސް އިން ރިޕޯޓްކުރާގޮތުގައި އުމުރުން 48 އަހަރުގެ ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ވަކިކުރުމާ މެދު ކްލަބްގެ ބޯޑުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.

ކްލަބްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި އަންނަ ހޮނިހިރު ދުވަހު ޓޮޓެންހަމް ހޮޓްސްޕާސްއާ ކުޅުމުގެ ކުރިން ސޯލްޝެއާ މަގާމުން ވަކިކުރުމުގެ ފުރުސަތު ބޮޑެވެ.

ސޯލްޝެއާ ހަވާލުވުމުގެ ކުރިން އެންމެ ފަހުން ޔުނައިޓެޑްގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރީ ލިވަޕޫލް އަތުން 3-1 އިން ބަލިވުމުންނެވެ. މި ފަހަރު ސޯލްޝެއާ ވަކިކުރަން ޔުނައިޓެޑުން ނިންމައިފިނަމަ އެ ކްލަބްގެ އެންމެ ފަހު ދެ ކޯޗުންނަށް ވެސް ވަޒީފާ ގެއްލުނީ ލިވަޕޫލް މެޗަށް ފަހު އެވެ.

ސޯލްޝެއާ ވަކިކުރަން ޖެހޭތަ؟

އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ނުލިބެ އެވެ. ޔުނައިޓެޑުުން މީގެ ކުރިން ސޯލްޝެއާ އަށް އިތުބާރު އޮތް ކަމަށް ބުނެފައިވީ ނަަމަވެސް ނަތީޖާތައް ނުކުންނަ ގޮތުން މިހާރު އެ ވިސްނުން އަންނަނީ ބަދަލުވަމުންނެވެ.

ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މޮރީނިއޯ ވަކިކޮށް ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ.

ވަގުތީ ކޮންޓްރެކްޓެއްގައި ތިން މަސް ދުވަސް ހޭދަކުރިއިރު، ސޯލްޝެއާގެ މަސައްކަތް ޔުނައިޓެޑަށް ރަނގަޅުވުމުން އެ ޓީމުން އޭނާ އަށް ދާއިމީ އެއްބަސްވުމެއް ދިނެވެ. އެ ފަހަރު އޭނާ ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ.

ޔުނައިޓެޑްގައި ސޯލްޝެއާ އަށް ތަށްޓެއް ނުލިބުނަސް ނެރުނު ނަތީޖާތަކާއި ހޯދި ކުރިއެރުން ބަަލައި އޭނާ އަށް މި ފަހަރު ކޮންޓްރެކްޓެއް ދިނީ އެވެ. ޔުނައިޓެޑުން މި ސީޒަނުގައި ސޯލްޝެއާއާ އެކު ސޮއިކުރި އެއްބަސްވުން ހަަމަވާނީ 2024 ވަަނަ އަހަރު އެވެ. ސޯލްޝެއާ ހަވާލުވި ފަހުން ޔުނައިޓެޑުން ވަނީ ކުޅުންތެރިން ގަންނަން 600 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox