ޔުނައިޓެޑުން ސޯލްޝެއާ އަށް އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް

Jul 25, 2021, 4:20 AM
ޔުނައިޓެޑުން ސޯލްޝެއާ އަށް އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް

މެންޗެސްޓާ (ޖުލައި 25) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކޮންޓްރެކްޓް އެ ކްލަބުން އިތުރު ތިން އަހަރަށް އާ ކޮށްފި އެވެ.

އުމުރުން 48 އަހަރުގެ ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހޯސޭ މޮރީނިއޯ ވަކިކޮށް ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. ވަގުތީ ކޮންޓްރެކްޓެއްގައި ތިން މަސް ދުވަސް ހޭދަކުރިއިރު، ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ނެރުނު ނަތީޖާ ރަނގަޅުވުމުން އެ ޓީމުން އޭނާ އަށް ދާއިމީ އެއްބަސްވުމެއް ދިނެވެ. އެ ފަހަރު އޭނާ ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ.

ޔުނައިޓެޑުން އިއްޔެ ސޯލްޝެއާއާ އެކު ސޮއިކުރި އެއްބަސްވުން ހަަމަވާނީ 2024 ވަަނަ އަހަރު އެވެ.

މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ދިޔަ ޔުނައިޓެޑް ވަނީ ޔޫރޮޕާ ލީގުގެ ފައިނަލުގައި ވިޔަރެއާލް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ.

ޔުނައިޓެޑްގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ވިދާޅުވީ ސޯލްޝެއާގެ ކޮންޓްރެކްޓް އާ ކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ އޭނާ ހަވާލުވި ފަހުން އެ ޓީމުން ހޯދަމުން އަންނަ ކުރިއެރުންތައް ކަމަށެވެ.

"ދުރު މުސްތަގުބަލަކަށް ބަލާއިރު އޮލެ އެ ކުރާ މަސައްކަތް ވަރަށް ރަނގަޅު. އެއީ ކޮންޓްރެކްޓް އާ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ. ސޯލްޝެއާގެ ކޯޗުކަމުގައި އަހަރެމެން ބޭނުންވާ ކަންތައް ހާސިލްކުރެވޭނެ،" ވުޑްވާޑް ވިދާޅުވި އެވެ.

ސޯލްޝެއާ ބުނީ އޭނާ ކުރާ މަސައްކަތުގައި މެނޭޖްމަންޓުގެ އެއްބާރުލުން ލިބޭ ކަމުގެ އެއް ހެއްކަކީ ކޮންޓްރެކްޓް އާ ކުރުން ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް ސީޒަނުގައި ކާމިޔާބީ އެއް ހޯދުން ކަމަށެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން 2013 ވަނަ އަހަރު އެލެކްސް ފާގަަސަން ވަކިވި ފަހުން އެ ޓީމަށް އަދި ލީގެއް ކާމިޔާބު ނުކުރެވެ އެވެ. ސޯލްޝެއާ އަކީ ފާގަސަން އަށް ފަހު ޔުނައިޓެޑާ ދާއިމީ ކޮންޓްރެކްޓެއްގައި ހަވާލުވި ހަތަރު ވަނަ ކޯޗެވެ. ޔުނައިޓެޑުން އެންމެ ފަހުން ތަށްޓެއް އުފުލާލީ 2017 ވަނަ އަހަރު އެވެ. އެއީ މޮރީނިއޯގެ ކޯޗުކަމުގައި ކާމިޔާބުކުރި ޔޫރޮޕާ ލީގެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox