ޑޮންނަރުންމާ ޕީއެސްޖީ އަށް ބަދަލުވުމުގެ ކުރިން ބުފޮންގެ ލަފާ ހޯދި

Jul 19, 2021, 4:47 AM
އިޓަލީ ޕްރެކްޓިހެއްގެ ތެރެއިން ތަޖުރިބާކާރު ގޯލްކީޕަރު ބުފޮން (ކ) އާއި ޒުވާން ކީޕަރު ޑޮންނަރުންމާ.--

އިޓަލީ ޕްރެކްޓިހެއްގެ ތެރެއިން ތަޖުރިބާކާރު ގޯލްކީޕަރު ބުފޮން (ކ) އާއި ޒުވާން ކީޕަރު ޑޮންނަރުންމާ.--

ޕެރިސް (ޖުލައި 19) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ބަދަލުވުމުގެ ކުރިން އެ ޓީމަށް ކުރިން ކުޅުނު އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮންގެ ހިޔާލު ހޯދި ކަމަށް ބުނެފި އެވެ.

ބުފޮން ވަނީ 2018-2019 ވަނަ ސީޒަން ޕީއެސްޖީ އަށް ކުޅެފަ އެވެ. އުމުރުން 22 އަހަރުގެ ޑޮންނަރުންމާ މީގެ ކުރިން ކުޅެމުން އައި އޭސީ މިލާނުން ވެސް އާ ކޮންޓްރެކްޓެއް ހުށަހަޅާފައިވަނިކޮށް އޭނާ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ބަދަލުވާން ނިންމީ ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު އެވެ.

ޕީއެސްޖީއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު އެ ކްލަބްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޑޮންނަރުންމާ ބުނީ ޕީއެސްޖީ އިން އޮފާ ލިބުމާ އެކު މުހިއްމު މީހުންގެ ކައިރިން ލަފާ ހޯދި ކަމަށާއި އޭގެ ތެރެއިން ބުފޮންއާ ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

"މި ކްލަބަށް އައުމުގެ ކުރިން އަހަރެން ބުފޮންއާ ވެސް ވާހަކަ ދެއްކިން. މި ކްލަބްގެ ތާރީހާ އެހެނިހެން ކަންކަމާ ބެހޭ މުހިއްމު ވާހަކަތަކެއް އެއީ. ބުފޮން ކިޔައިިދިން މި ތަނުގައި (ކްލަބްގައި) ކުރެވުނު ރަނގަޅު ތަޖުރިބާ ތަކުގެ ވާހަކަ. އަހަންނަށް އޭނަ ދިން ލަފާ އަސްލު ވަރަށް ރަނގަޅު. މި ކްލަބަށް ބަދަލުވުމަކީ އަހަންނަށް ރަނގަޅު ފިޔަވަޅެއް،" ޑޮންނަރުންމާ ބުންޏެވެ.

އިޓަލީ ގައުމީ ޓީމުގައި ޑޮންނަރުންމާ އަންނަނީ ބުފޮންގެ މަގާމު ރަނގަޅަށް ބަލަހައްޓަމުންނެވެ.

ޑޮންނަރުންމާ މިލާނުގައި މަޑުކުރުވަން އެ ކްލަބުން އޭނާ އަށް ރަނގަޅު ކޮންޓްރެކްޓެއް ހުށަހެޅި އެވެ. އެކަމަކު، އާ ކޮންޓްރެކްޓްގައި ސޮއިކުރާއިރު، ޑޮންނަރުންމާގެ އޭޖެންޓް މިނޯ ރައިއޯލާ އަށް އޭޖެންޓް ފީގެ ގޮތުގައި 20 މިލިއަން ޔޫރޯ ދޭން ދެކޮޅު ހަދާތީ ޑޮންނަރުންމާ އެ ޓީމުގައި މަޑުނުކުރީ އެވެ.

ނަޕޯލީގައި ހުއްޓައި މިލާންގެ އެކެޑަމީ އަށް ޒުވާން އުމުރުގައި ގަނެ، ޑޮންނަރުންމާ އަށް ސީނިއާ ޓީމުގައި މެޗެއްގައި ފުރުސަތު ދިނީ 2015 ވަަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާގެ 16 ވަނަ އުފަން ދުވަހުގެ ތިން ދުވަސް ކުރިންނެވެ.

އެ ދުވަހުގެ މެޗުގައި ނުކުޅުނު ނަމަވެސް ޑޮންނަރުންމާ ބެންޗަށް ގެނެވުނީ ވެސް ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އެއީ އޭނާ ޕްރޮފެޝަނަލް މެޗަކަށް ނުކުންނަ ވަރަށް ވުރެ ޅަ ކުޅުންތެރިއަކަށް ވުމުންނެވެ.

އޭގެ ހަ ވަރަކަށް މަސް ފަހުން ޑޮންނަރުންމާ ވަނީ އިޓާލިއަން ލީގުގެ މެޗެއްގައި މިލާންގެ ގޯލު ބަލަހައްޓައިފަ އެވެ. އެންމެ ޒުވާން އުމުރުގައި ކުޅުނު ގޯލްކީޕަަރު ޖިއުސިޕޭ ސާޗީ އާއި ޑޮންނަރުންމާގެ ދެމެދު ފުރަތަމަ މެޗު ކުޅުނުއިރު އުޅެނީ 13 ދުވަހުގެ ފަރަގެކެވެ. މެޗެއްގައި ކުޅެލަން ޑޮންނަރުންމާ އަށް މިލާނުން ފުރަތަމަ ފުރުސަތު ދިންތާ މާގިނަ ދުވަހެއް ނުވެ އޭނާ ވަނީ އެ ޓީމުގެ އެއް ވަނަ ކީޕަރަކަށް ޕްރޮމޯޓްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox