މެޗަކުން ބަލިނުވެ ޖެރާޑްގެ ރޭންޖާސް ޗެމްޕިއަންކަން ހޯދައިފި

May 15, 2021, 2:17 PM
ރޭންޖާސްގެ ކޯޗު ޖެރާޑް ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭންޖާސްގެ ކޯޗު ޖެރާޑް ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގްލާސްގޯ (މެއި 15) - ސްކޮޓްލެންޑް ލީގުގައި މިއަދު 4-0 އިން އެބަޑީން ބަލިކޮށް ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ކުޅޭ ރޭންޖާސް އިން މެޗަކުން ބަލިނުވެ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ސެލްޓިކާ އެކު 2016-2017 ވަނަ އަހަރުގެ ސީޒަނުގައި މެޗަކުން ބަލިވެ ބްރެންޑަން ރޮޖާސް ސްކޮޓްލެންޑްގެ ލީގު ޗެމްޕިއަންކަން ހޯދި ފަހުން ސްކޮޓިޝް ޕްރިމިއާ ލީގުގެ ތަށި މެޗަކުން ބަލިވެ އެހެން ޓީމަކުން އުފުލާލި ފުރަތަމަ ފަހަރެވެ.

އުމުރުން 40 އަހަރުގެ ޖެރާޑްގެ ކޯޗުކަމުގައި ރޭންޖާސް އިން ސްކޮޓްލެންޑްގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2011 ވަނަ އަހަރު އެވެ. ރޭންޖާސް އިން ލީގު ކަށަވަރުކުރީ ބާކީ ހަ މެޗު އޮއްވައި މިދިޔަ މާޗް މަހު އެވެ. ލީގު ޗެމްޕިއަންކަން ޔަގީންވި ނަމަވެސް ރޭންޖާސް އިން ވަނީ ފަހު މެޗާ ހަަމައަށް އެ ރޫހަށް ބަދަލެއް ނުގެނެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

Advertisement

ޖެހިޖެހިގެން 10 އަހަރު ސްކޮޓްލެންޑްގެ ޗެމްޕިއަންކަން ހޯދަން ނުކުތް ސެލްޓިކް ހުއްޓުވައި ރޭންޖާސް އިން އެއް ވަނައިގައި ލީގު ނިންމާލީ 38 މެޗުން 102 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސެލްޓިކަށް 38 މެޗުން ލިބުނީ 77 ޕޮއިންޓެވެ.

ރޭންޖާސް އިން މިރޭ ލީޑުނެގީ ފަސް ވަނަ މިނިޓްގައި އެބަޑީންގެ ޖޯ ލެވިސް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މެޗުގެ 34 ވަނަ މިނިޓްގައި ކެމާ ރޫފް ވަނީ ރޭންޖާސް އަށް ލީޑުފުޅާކޮށްދީފަ އެވެ. ރޭންޖާސްގެ ތިން ވަނަ ގޯލު ޖެހީ ވެސް ރޫފް އެވެ. އޭނާ މި ގޯލު ޖެހީ 60 ވަނަ މިނިޓްގަ އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ރޭންޖާސްގެ ފަހު ގޯލު ޖެހީ އިނގިރޭސި ގިނަ ކްލަބްތަކަކަށް ކުޅުނު ޖަމެއިން ޑެފޯ އެވެ.

މި މޮޅާ އެކު ރޭންޖާސް އިން ވަނީ މި ފަހަރު ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 19 މެޗުން ވެސް މޮޅުވެފަ އެވެ. އެކަން އެންމެ ފަހުން ހާސިލްކުރީ 2002 ވަނަ އަހަރު ސެލްޓިކާ އެކު މަޝްހޫރު ކޯޗު މާޓިން އޮނީލް އެވެ.

ރޭންޖާސްގެ ކޮޅަށް މި ފަހަރު ލީގުގައި 13 ގޯލު ވަންއިރު، އެ ޓީމުން ވަނީ ސްކޮޓްލެންޑް ލީގުގައި 107 އަހަރުވީ ކްލީންޝީޓް ރެކޯޑާ ވެސް ހަމަކޮށްފަ އެވެ. ސެލްޓިކުން 1913-1914 ވަނަ ލީގު ހޯދިއިރު ވެސް އެ ޓީމު ކޮޅަށް ވަނީ 13 ގޯލެވެ.

ލިވަޕޫލް ޔޫތު ޓީމުން ކޯޗިން ކެރިއަރު ފަށައި ޖެރާޑް ރޭންޖާސްއާ ހަވާލުވީ 2018 ވަަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. މި ފަހަރު ރޭންޖާސްއާ އެކު ހޯދާފައި މިވަނީ ޖެރާޑްގެ ފުޓްބޯޅަ ކެރިއަރުގެ ފުރަތަމަ ލީގު ތަށްޓެވެ. އަދި ކޯޗިން ކެރިއަރުގެ ވެސް ފުރަތަމަ ތަށްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox