ޕްރިމިއާ ލީގުގެ ކްލަބަކާ ގުޅެން އަގުއޭރޯ އަށް ހުރަހެއް ނެތް

Apr 10, 2021, 6:18 AM
ޕްރިމިއާ ލީގުގެ ކްލަބަކާ ގުޅެން އަގުއޭރޯ އަށް ހުރަހެއް ނެތް

މެންޗެސްޓާ (އޭޕްރިލް 10) - މި ސީޒަނަށް ފަހު މެންޗެސްޓާ ސިޓީ ދޫކޮށްލަން ނިންމާފައިވާ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އިނގިރޭސި ޕްރިމިއާ ލީގުގެ އެހެން ކްލަބަކާ ގުޅުނަސް ޝަކުވާއެއް ނެތް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ދިހަ އަހަރަށް ފަހު އަގުއޭރޯ ސިޓީ ދޫކޮށްލާއިރު، އޭނާ ދެން ގުޅޭނެ ކްލަބަކާ ބެހޭގޮތުން ގިނަ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯ ހޯދަން ބައެއް ޕްރިމިއާ ލީގުގެ ކްލަބްތަކުން ވެސް ޝައުގުވެރިވެ އެވެ. އޭގެތެރޭގައި ޗެލްސީ އާއި އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލީޑްސް ޔުނައިޓެޑް ހިމެނެ އެވެ. އަދި ޓޮޓެންހަމުން ވެސް އަގުއޭރޯ އަށް ކުރު ކޮންްޓްރެކްޓެއް ހުށަހަޅަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ އޭނާ އަބަދުވެސް އެދޭނީ އަގުއޭރޯ އަށް ރަނގަޅު ގޮތް ވުމަަށް ކަމަށެވެ.

"އަހަރެން އަގުއޭރޯގެ ކޮންމެ ނިންމުމަކަށް އިހުތިރާމްކުރާނަން. އެކަން އޭނަ (އަގުއޭރޯ) އަށް ވެސް އެނގޭނެ. ސިޓީން އަބަދުވެސް އެދޭނީ އަގުއޭރޯ އަށް ރަނގަޅުގޮތްވާން. އެއީ ކުރިއަށް އޮތީ އޭނާގެ ކެރިއަރުގެ ފަހު އަހަރުތައް،" އުމުރުން 32 އަހަރުގެ އަގުއޭރޯއާ ބެހޭގޮތުން ގާޑިއޯލާ ބުންޏެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވި އަގުއޭރޯ ފަހަކަށް އައިސް ގިނަ މެޗުތަކުގައި ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ސިޓީއާ އެކު ހަތަރު ފަހު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ އަގުއޭރޯ އަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމަށް 384 މެޗުން 257 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މި ސީޒަނުގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް އަގުއޭރޯ އަށް ވަނީ ގެއްލިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯގެ ސޮއި ހޯދަން ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީ އަދި އޭނާގެ އުފަން ގައުމު އާޖެންޓީނާގެ ކްލަބްތަކަކުން ވަނީ ކޮންޓްރެކްޓް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox