އެމެރިކާ-އިރާން
32 ލިޔުން
ފަހުގެ
ދުނިޔެއެމެރިކާ އާއި އީރާނުގެ ސީދާ މަޝްވަރާތައް ފަށައިފި
ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަކަށްފަހު، ދާއިމީ ހައްލެއް ހޯދުމަށް އެމެރިކާ އާއި އީރާނުގެ އިސް އޮފިޝަލުން ސްވިޒަލޭންޑުގައި ސީދާ މަޝްވަރާތައް ފަށައިފިއެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ލުބުނާނުގެ މައްސަލައާއި، ނިއުކްލިއާ ޕްރޮގްރާމް އަދި ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން ނަމަވެސް، ދެ ގައުމުގެ މެދުގައި އަދިވެސް ބަހުގެ ހަމަލާތަކާއި އިންޒާރުތައް ދަނީ ބަދަލުކުރެވެމުންނެވެ.
ދުނިޔެހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އެމެރިކާ އާއި އީރާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިއަށް އޮތް 60 ދުވަހު މަޝްވަރާކުރުމަށް ހަމަޖެހިފައިވާއިރު، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަލުން ހަމަލާދޭނެ ކަމުގެ އިންޒާރު ދެގައުމުންވެސް ވަނީ ދީފައެވެ.
