ހުވަދޫ ރޭޕް މައްސަލައިގައި ނުވަ މީހުން ހައްޔަރުކޮށްފި
ހުވަދޫ އަތޮޅުގެ ރަށެއްގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މިހާތަނަށް ނުވަ ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފަ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުން.