އަޑިގަނޑުން އަރައިގަނެ މަންޗިނީ އިޓަލީ ގޮވައިގެން ކުރިއަށް!
އިޓަލީ ޓީމާ މަންޗިނީ ހަވާލުވީ އެ ޓީމަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ގެއްލުމުން އެ ގައުމުގެ ފުޓްބޯޅަ ރަނގަޅު މިސްރާބަކަށް ގެންދަން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން މުހިއްމު މަސައްކަތްތަކެއް ކުރަން ފެށި ދަނޑިވަޅެއްގައި. މަންޗިނީ ވަނީ އިޓަލީގައި ރަނގަޅު މަސައްކަތެއް ކޮށްފައި.