ޕެންޓޯބާބިޓަލް
2 ލިޔުން
ފަހުގެ
ދުނިޔެވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް
އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.
ދުނިޔެވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް
އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.
