މުޒައްމިލު ނާސިރު
3 ލިޔުން
ހަބަރުކަންކަން މަނާކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫން: އިބްރާ
އާންމު ރައްޔިތުންނަށް ކަންކަން މަނާކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރެއް ކަމަށް އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ "އަދަދު" ނޫހުގެ ޑޮކިއުމަންޓަރީއެއް އާންމުކުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކަށް ފާޑުވިދާޅުވަމުންނެވެ. އިބްރާ ފާހަގަކުރެއްވި ގޮތުގައި ކޯޓުތަކަށް އަމުރު ނެރެވޭނީ ހަމައެކަނި މައްސަލައިގައި ހިމެނޭ ހަސްމުންގެ މައްޗަށެވެ.
ހަބަރުކޯޓު އަމުރަށް ތަބާވުމަށް އީސީން ސިޔާސީ ޕާޓީތަކަށް އަންގައިފި
ސިޔާސީ ހަރަކާތްތައް ހިންގުމުގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ހުދޫދުގެ ތެރޭގައި އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ. މި އަމުރަކީ 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެން، އޭގައިވާ ވާހަކަތައް ދެއްކުމާއި މައުލޫމާތު ފެތުރުން މަނާކޮށް ނެރެފައިވާ އަމުރެކެވެ. ކޯޓު އަމުރާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށްވެސް އީސީން ވަނީ ހަނދާންކޮށްދީފައެވެ.
