ބަންގްލަދޭޝްގައި ހިމަބިހި ޖެހިގެން 500 ކުއްޖަކު މަރުވެއްޖެ
ބަންގްލަދޭޝްގައި ހިމަބިހި ކޮންޓްރޯލުން ނެއްޓި ފެތުރެމުންދާތީ، މާޗު މަހުން ފެށިގެން މިހާތަނަށް 500 އަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރުވެފައެވެ. މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ޔުނިސެފުން ގުޅިގެން ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު، ހޮސްޕިޓަލްތަކަށް ވަނީ ބަލިމީހުން އިތުރުވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.