ލިކޫޑް ޕާޓީ

3 ލިޔުން

ފަހުގެ

އިޒްރޭލުގެ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު އައިޒެންކޮޓްއަށްދުނިޔެ

އިޒްރޭލުގެ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު އައިޒެންކޮޓްއަށް

އިޒްރޭލުގެ އާންމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން، އާ ކޯލިޝަން ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ރައީސް އައިޒަކް ހަރްޒޮގް ވަނީ އިދިކޮޅު ލީޑަރު ގާޑީ އައިޒެންކޮޓްއަށް ދެއްވާފައެވެ. ސަރުކާރު އެކުލަވައިލުމަށް އައިޒެންކޮޓްއަށް ގިނަވެގެން 42 ދުވަސް ލިބިވަޑައިގަންނަވާއިރު، އޭނާ ވިދާޅުވީ މިއީ ގައުމީ ކުއްލި ހާލަތުގެ ސަރުކާރެއް އުފައްދަންވީ ވަގުތު ކަމަށެވެ. މި އިންތިހާބުގައި އަރަބި ޕާޓީތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް، ޔަހޫދީ ޕާޓީތަކުން ވަނީ ސަރުކާރު އެކުލަވައިލުމުގައި އެ ޕާޓީތަކުގެ އެހީތެރިކަން ނުހޯދާނެ ކަމަށް ބުނެފައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫދުނިޔެ

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.