ޔާމީނަށް ހުކުމްކުރި ޝަކީލުގެ ކޮއްކޮއަށް ސްޓޭޓް މިނިސްޓަރުކަން
ކުރީގެ ރައީސް ޔާމީނަށް ޖަލު ހުކުމް އިއްވި ކުރީގެ ގާޒީ އަހްމަދު ޝަކީލުގެ ކޮއްކޮ ޝުކުރުﷲ ޝަކީލަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި. ޔާމީނަށް ހުކުމް އިއްވުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން މީގެ ކުރިން ގާޒީ ޝަކީލަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވޭ.