އެޑީ ރާމާ
3 ލިޔުން
ފަހުގެ
ދުނިޔެއަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި
އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
ދުނިޔެއަލްބޭނިއާގައި ހަމަނުޖެހުން ހިނގާތާ ހަތް ދުވަސް
އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާގެ އިސްތިއުފާއަށާއި ކޮރަޕްޝަނާ ދެކޮޅަށް ދަރިވަރުން އިސްވެ ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނާއި އާންމުންގެ ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. ހަތް ދުވަހަށް ދެމިގެންގޮސްފައިވާ މި ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފައިވާއިރު، ފުލުހުން އާންމުންނަށް އަނިޔާކޮށް ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައެވެ.
