އަދަދުގެ ނޫސްވެރިން ޖަލަށް ލުމުގެ ބޭނުމަކީ ތަހުގީގީ ނޫސްވެރިކަން ކުށަކަށް ހަދައި އަދަބު ދިނުން: ސީޕީޖޭ

May 13, 2026, 9:22 AM
ލީވާން އާއި ޝަހުޒާން އިއްޔެ ކޯޓު ކައިރީގައި: މިއީ މިފަދަ ހުކުމެއް އިއްވައި ނޫސްވެރިންތަކެއް ޖަލަށްލީ ފުރަތަމަ ފަހަރު -- ފޮޓޯ: އަދަދު

ލީވާން އާއި ޝަހުޒާން އިއްޔެ ކޯޓު ކައިރީގައި: މިއީ މިފަދަ ހުކުމެއް އިއްވައި ނޫސްވެރިންތަކެއް ޖަލަށްލީ ފުރަތަމަ ފަހަރު -- ފޮޓޯ: އަދަދު

އަދަދުގެ ޝަހުޒާން މުހައްދާއި ލީވާން އަލީ ނާސިރް ޖަލަށް ލުމުގެ ބޭނުމަކީ ތަހުގީގީ ނޫސްވެރިކަން ކުށަކަށް ހަދައި އަދަބު ދިނުން ކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނެފި އެވެ. 

ދިފާއުވުމުގެ ފުރުސަތު ނުދީ ކްރިމިނަލް ކޯޓުން އިއްޔެ ޝަހުޒާން 15 ދުވަހަށް ޖަލަށް ހުކުމްކުރީ ރައީސް މުހައްމަދު މުއިއްޒުއާ ކުރި ސުވާލަކާ ގުޅިގެންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށް ހުކުމް ކުރީ ކޯޓުގެ އަމުރާ ގުޅޭ ހަބަރެއް އޭނާގެ ނަމުގައި ޝާއިއުކޮށްފައި ވާތީ އެވެ. 

"ޝަހްޒާން އާއި ލީވާން ޖަލަށް ލުމަކީ ތަހުގީގީ ނޫސްވެރިކަން ކުށަކަށް ހަދައި އަދަބުދީ، ފާޑުކިޔުންތަކުން ރައީސް ދިފާއުކުރުމަށް ކުރި ކަމެއް،" ސީޕީޖޭ އޭޝިއާ ޕެސިފިކް ޕްރޮގްރާމް ކޯޑިނޭޓަރު ކުނާލް މަޖުމްދަރް ވިދާޅުވި އެވެ. 

އެ ދެ ނޫސްވެރިން މިނިވަންކޮށް، ފުލުހުން ގެންގޮސްފައިވާ އަދަދުގެ ތަކެތި އަނބުރާ ރައްދުކުރުމަށާއި. ބިރުވެރިކަމެއް ނެތް މާހައުލެއްގައި ރާއްޖޭގައި ނޫސްވެރިކަން ކުރެވޭނެ މަގުފަހި ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއިން އިތުރަށް ވަނީ ކޯޓުތައް މެދުވެރިކޮށް އަދަދުގެ ނޫސްވެރިންނަށް ފުރައްސާރަ ކުރުމާއި ބިރުދެއްކުން ހުއްޓާލުމަށް ގޮވާލާފަ އެވެ. 

އަދަދުގެ ދެ ނޫސްވެރިންނަށް ވެސް ހުކުމް އިއްވީ ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދީ އެވެ. ދެ ނޫސްވެރިންނަށް ވެސް ވަކީލެއް އައްޔަނުކުރުމަށް ދިނި އެންމެ ދެ ގަޑިއިރުގެ މުއްދަތަކެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން އަންނަނީ މިއީ ރާއްޖޭގެ ގާނޫނުއަސާސީގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ލިޔުނު ފަހުން އައި ކަޅު ދުވަހެއްގެ ގޮތުގައި ސިފަކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox