އޮސްޓްރިއާ

9 ލިޔުން

ފަހުގެ

އިޒްރޭލުން ދަތުރު ފެށި ބޯޓަކަށް ބޮމުގެ އިންޒާރެއްދުނިޔެ

އިޒްރޭލުން ދަތުރު ފެށި ބޯޓަކަށް ބޮމުގެ އިންޒާރެއް

އިޒްރޭލުގެ ތެލް އަވީވުން ފުރައިގެން އޮސްޓްރިއާއަށް ދަތުރުކުރި ފްލައިޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން، ބަލްގޭރިއާގެ ސޯފިއާއަށް އެ ބޯޓު ކުއްލި ހާލަތުގައި ޖައްސައިފިއެވެ. 57 މީހުންނާއެކު ދަތުރުކުރި މި ބޯޓު ސޯފިއާއަށް ޖައްސަންދެން ބަލްގޭރިއާގެ އަސްކަރީ ފައިޓާ ޖެޓުތަކުން ވަނީ އެ ފްލައިޓަށް އެސްކޯޓް ދީފައެވެ.

ޓެއިލާގެ ކޮންސެޓަށް ހަމަލާދޭން ރޭވި މީހާ 15 އަހަރަށް ޖަލަށްލުއިއަދަދު

ޓެއިލާގެ ކޮންސެޓަށް ހަމަލާދޭން ރޭވި މީހާ 15 އަހަރަށް ޖަލަށް

އޮސްޓްރިއާގެ ވިއެނާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ޓެއިލާ ސްވިފްޓްގެ ކޮންސެޓަކަށް އައިއެސްއާ ގުޅިގެން ހަމަލާދޭން ރޭވި 21 އަހަރުގެ މީހަކު 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. އެމެރިކާގެ ސީއައިއޭއިން ދިން މައުލޫމާތަކާ ގުޅިގެން މި މީހާ ހައްޔަރުކުރުމާއެކު، ސަލާމަތީ ސަބަބުތަކަށްޓަކައި ވިއެނާގައި ބާއްވަން އޮތް ތިން ކޮންސެޓްވެސް ވަނީ ކެންސަލްކޮށްފައެވެ. މި މައްސަލައިގައި ބައިވެރިވި އިތުރު މީހަކަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މި ހާދިސާގެ ސަބަބުން ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ވަނީ މާޔޫސްކަން ލިބިފައެވެ.