ތުއްތު ކުދިންގެ ކާނާ ފުޅިތަކުން މީދާ މަރާ ބޭސް ފެނުނު މައްސަލައިގައި އޮސްޓްރިއާ މީހަކު ހައްޔަރުކޮށްފި

May 3, 2026, 3:34 PM
ފިހާރައެއްގެ ހަރުގަނޑެއްގައި ބަހައްޓާފައި ހުރި "ހިޕް" (HIPP) ބްރޭންޑުގެ ތުއްތު ކުދިންގެ ކާނާ. -- ފޮޓޯ: އޭޕީ

ފިހާރައެއްގެ ހަރުގަނޑެއްގައި ބަހައްޓާފައި ހުރި "ހިޕް" (HIPP) ބްރޭންޑުގެ ތުއްތު ކުދިންގެ ކާނާ. -- ފޮޓޯ: އޭޕީ

ތުއްތު ކުދިންގެ ކާނާ އުފައްދާ މަޝްހޫރު ބްރޭންޑެއްގެ އުފެއްދުންތަކަކުން މީދާ މަރާ ބޭސް ފެނުނު މައްސަލައެއްގައި، އޮސްޓްރިއާގެ ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ، އޮސްޓްރިއާ އާއި ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާގައި ވިއްކަން ހުރި ހިޕް (HiPP) ބްރޭންޑުގެ ކުޑަކުދިންގެ ކާނާ ފުޅިތަކަކުން މީދާ މަރާ ބޭހާއި، ކޮން އެއްޗެއްކަން ނޭނގޭ "ވިހަ މާއްދާއެއް" ފެނުމާ ގުޅިގެން، އެ ކުންފުނީގެ ބައެއް އުފެއްދުންތައް މިދިޔަ މަހު ބާޒާރުން ނެގުމަށްފަހު އެވެ.

ދުނިޔޭގެ އެންމެ ބޮޑު އޯގަނިކް ބޭބީ ފުޑް ބްރޭންޑްގެ ގޮތުގައި މަޝްހޫރުވެފައިވާ ހިޕް ކުންފުނިން އޭރު ބުނެފައިވަނީ، އެ ތަކެތި ތަގައްޔަރުވެފައިވަނީ އުފެއްދުމުގެ މަރުހަލާގައި ނޫން ކަމަށާއި، އެއީ ބަޔަކު ގަސްތުގައި ހިންގާފައިވާ "ޖިނާއީ އަމަލެއް" ކަމަށެވެ. އަދި އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

Advertisement

އެ ކުންފުނިން ފަހުން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ އަތުން ފައިސާ ހޯދުމަށް ބަޔަކު ވަނީ ބިރުދައްކައި އިންޒާރުދީފަ އެވެ.

އޮސްޓްރިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ބާގަންލޭންޑްގެ ފުލުހުން އާދީއްތަ ދުވަހު ކަށަވަރުކޮށްދިން ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި އުމުރުން 39 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އޮސްޓްރިއަން އެޖެންސީ ފޯ ހެލްތު އެންޑް ފުޑް ސޭފްޓީން ބުނެފައިވަނީ، ވިހަވުމުގެ އެއްވެސް އަލާމާތެއް، މިސާލަކަށް ލޭ އައުން، އާދަޔާ ހިލާފަށް ވަރުބަލިވުން ނުވަތަ މޫނުމަތި ހުދުވުން ފަދަ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންޖެހޭނެ ކަމަށެވެ.

އޮސްޓްރިއާގެ ފުޑް ސޭފްޓީ އެޖެންސީން ބުނާ ގޮތުގައި، މީދާ މަރާ ބޭހުގެ ސަބަބުން ހަށިގަނޑުގައި ވިޓަމިން ކޭ (Vitamin K) ބޭނުންކުރުމަށް ހުރަސްއެޅެ އެވެ. އަދި މިފަދަ އެއްޗެއް ކެވޭތާ ދެ ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އޭގެ އަލާމާތްތައް ފެންނަން ފަށާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާސިއާންގެ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވޭ: އޭޑީބީ

ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި 2040 ވަނަ އަހަރުގެ ނިޔަލަށް އުމްރާނީ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭޑީބީގެ ރިޕޯޓަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ބޭނުންވަނީ ކަރަންޓާއި ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، ސަރުކާރުތަކުގެ ބަޖެޓުން މި ފައިސާ ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ބޭންކުން ފާހަގަކުރެއެވެ.

މައްސަލަ ތަހުގީގުކުރަން އެންވީޑިއާއިން ލޯ ފާމްތަކަކާ ހަވާލުކޮށްފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގުޅުން ބޭއްވި މައްސަލަ ތަހުގީގުކުރަން އެމެރިކާގެ ވަރުގަދަ ލޯ ފާމަކާ އެކުންފުނިން ހަވާލުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެފްބީއައި އިން ވެސް ތަހުގީގެއް ފަށާފައިވާއިރު، އެންވީޑިއާގެ ބާޒާރުގެ އަގުން 500 ބިލިއަން ޑޮލަރު ވަނީ ވެއްޓިފައެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox