ގާނޫނުއަސާސީގެ 111 ވަނަ މާއްދާ
2 ލިޔުން
ހަބަރުގޮނޑި ގެއްލޭ އިސްލާހު ބާތިލު ނުކުރެވޭނެ ކަމަށް ނިންމައިފި
މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން މިއަދު ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ވެސް އެ އިސްލާހު ތަންފީޒު ކުރެވޭނެ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ކޮލަމްނޫނެކޭ ބުނަންވީ ގާނޫނުއަސާސީގެ ސަތޭކަ އެގާރައިގެ ދިފާއުގައި!
އިންތިހާބީ އޮޅިގަނޑު ބަޔާންކުރަނީ 111 ވަނަ މާއްދާގަ އެވެ. އެ މާއްދާ ބަދަލުކުރުމަށް ރެފަރެންޑަމަކަށް ދާކަށް ނުޖެހެ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ގޮތަކަށް ސްޓޭމްޕް ޖަހައިދޭ މަޖިލީހުން އެކަން ކޮށްލީމާ ނިމުނީ އެވެ. އެކަމުގައި ރައްޔިތުންގެ ބަހެއް ހޯދުމެއް ނޯންނާނެ އެވެ.
