00:00:00
logologo
ވޯޓްލެވޭ އާބާދީ
282,395
އަލަށް ވޯޓްލެވޭ
27,006
ޖުމްލަ ވޯޓް ފޮށި
574

ކެންޑިޑޭޓް ނަންބަރު

7

އިލްޔާސް ލަބީބު

ދަ ޑިމޮކްރެޓްސް

candidate photo
އުފަން ތާރީޙް
17th Jan 1979
އުފަން ރަށް
ސ. ހުޅުދޫ
މިހާރު ރަށްވެފިވެފައިވާ ރަށް
ސ. ހުޅުދޫ
ތައުލީމު
ބެޗްލާ އޮފް ކޮމްޕިއުޓާ ސައިންސް
ތަޖުރިބާ
ވިޔަފާރީގެ ތަޖުރިބާ މަޖިލީހުގެ މެމްބަރުކަން 2018 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ކެމްޕޭނު ރޭވުމުގައި އުޅުއްވުން
ހިއްސާވި ވިޔަފާރި
އެކޯ ބިލްޑިން ވެއާ ޕްރައިވެޓް ލިމިޓެޑް ކޯލެބް ޕްރައިވެޓް ލިމިޓެޑް މަކާއީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް މެގަޗިޕްސް އިލެކްޓްރޯނިކް ޕްރަިވެޓް ލިމިޓެޑް

ސ. ހުޅުދޫއަށް އުފަން އިލްޔާސް ލަބީބު، ސިޔާސީ ހަޔާތް ފެއްޓެވުމުގެ ކުރިން އާއިލީ ވިޔަފާރި، މެގަޗިޕް ކޮމްޕިއުޓާސް ހިންގެވުމުގައި އުޅުއްވި އެވެ. އިލްޔާސް ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހާސިލު ކުރެއްވީ އިނގިރޭސި ވިލާތުންނެވެ. އެއަށް ފަހު އިނގިރޭސި ވިލާތުގެ ކޮންވެންޓްރީ ޔުނިވާސިޓީން ބެޗްލާ އޮފް ކޮމްޕިއުޓާ ސައިންސް ފުރިހަމަ ކުރެއްވި އެވެ. ސިޔާސީ މަސައްކަތުން އިލްޔާސް ފާހަގަ ވެގެން ދިޔައީ 17 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީހުގައި އިލްޔާސް ގިނަ ބިލްތަކެއް ހުށަހަޅުއްވާފައިވެ އެވެ. އެ ބިލްތަކުގެ ތެރޭގައި މާލީ ގާނޫނުތަކަށް ގެނައި ބަދަލުތަކުގެ ބިލްތަކާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރަން ހެދި ގާނޫނުތަކުގެ ބިލްތަކާއި އައްޑޫ ސިޓީއަކަށް ހެދުމުގެ ބިލް ވެސް ހުށަހެޅުއްވީ އިލްޔާސް އެވެ. މި ދައުރުގައި ވެސް އިލްޔާސް މަޖިލީހަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވެ އެވެ. އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އިލްޔާސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރޭވުމުގައި އުޅުއްވި އެވެ. އަށާރަ ވަނަ މަޖިލީހަށް އިލްޔާސް ވާދަ ކުރެއްވި ނަމަވެސް ކާމިޔާބެއް ނުކުރެއްވުނެވެ. ނަމަވެސް, މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގެ ގޮނޑި އޭނާ ކާމިޔާބު ކުރެއްވެވި އެވެ. މިހާރު އޭނާއަކީ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މުގައްރިރެވެ. މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އޭނާ އިންނަވަ އެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއެކު، އެ މަނިކުފާނާ ވާދަ ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އެމްޑީޕީ ދޫކޮށްލަން ފެށި އެވެ. އެގޮތުން، މަޖިލީހުގެ މެމްބަރުންތަކެއް އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އުފެއްދެވި އެވެ. އެ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާއިރު، ކެންޑިޑޭޓަކީ އިލްޔާސް އެވެ.