Advertisement

މަޖިލީހުގެ ތަޅުމުގައި މާރާމާރީ ހިންގާކަމުގެ ތުހުމަތު؛ މެމްބަރުން ދޮގުކުރޭ

13 ނޮވެންބަރު 2023 - 14:53 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ: އީސަ ވަނީ އީވާގެ ތުހުމަތުތައް ދޮގުކުރައްވާފަ - ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މަޖިލީހުގެ ތަޅުމުގައި މާރާމާރީ ހިންގާކަމުގެ ތުހުމަތު؛ މެމްބަރުން ދޮގުކުރޭ

13 ނޮވެންބަރު 2023 - 14:53 0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މާރާމާރީ ހިންގިކަމަށް މަޖިލީހުގެ ނައިބުރައީސާ އީވާ އަބްދުﷲ ކުރެއްވި ތުހުމަތުތައް އެ މެމްބަރުން ދޮގުކޮށްފިއެވެ.

މަޖިލީހުގައި މިއަދު ފެށި ދެވަނަ ޖަލްސާ ތިންވަނަ ފަހަރަށް މެދުކަނޑައިލެއްވުމުގެ ކުރިން ރިޔާސަތުން އީވާ ތުހުމަތުކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މާރާމާރީ ހިންގި ކަމަށެވެ. މާރާމާރީ ހިންގަމުންދާ މާހައުލެއްގައި މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ނުގެންދަވާނެކަމަށް ވެސް އީވާ ވިދާޅުވި އެވެ.

ޖަލްސާގައި މާރާމާރީއެއް ހިނގާދިޔަތޯ "އަދަދު" ނޫހުން ސުވާލުކުރުމުން މެމްބަރު އީސަ އެތުހުމަތުތައް ދޮގުކުރެއްވި އެވެ.

މަޖިލީހުގައި މިއަދު ދެ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފައިވެއެވެ. ހެނދުނު 9:00 ގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމުގެ ޖަލްސާ އޮތްއިރު 11:00 އަށް ތާވަލުކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރެވެ.

ފުރަތަމަ ޖަލްސާގައި ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ނުގެންދެވުނުއިރު، ދެވަނަ ޖަލްސާގައި ޖަލްސާ ކުރިއަށް ގެންދެވޭނެ ނިޒާމެއް ނެތުމުން އަދި ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވި އެވެ.