
އަމަން ހަލީމް
ޖާނަލިސްޓް
އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.
2149 ލިޔުން
ވިޔަފާރިވިދިވިދިގެން ފަސް ވަނަ އަހަރު އައިލެންޑް އޭވިއޭޝަނަށް ގެއްލުން
މިދިޔަ އަހަރު ލިބުނު އާމްދަނީން ހިންގުމުގެ ހަރަދުތައް ކެނޑުމަށް ފަހު އައިއޭއެސްގެ ހިންގުމުގެ ފައިދާއަށް 171 މިލިއަން ރުފިޔާ ލިބުނު. ނަމަވެސް ފައިނޭންސިން ހަރަދަށް ހިނގި 171 މިލިއަން ރުފިޔާ އާއި އެހެނިހެން ހަރަަދުތަކަށް ކަނޑާފައި ލިބުނީ 2.8 މިލިއަން ރުފިޔާ ގެއްލުން.
ވިޔަފާރިޓޫރިޒަމްގެ ބާރު ދުވެލީގައި ޖީޑީޕީ އަންދާޒާ ޕަސެންޓެއް މައްޗަށް
ވާލްޑް ބޭންކުގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގެ އެންމެ ފަހުގެ ރިޕޯޓުގައި ވަނީ ރާއްޖޭގެ އިގުތިސޯދު މި އަހަރު 5.7 ޕަސެންޓު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް. މި އަހަރު ކުރީކޮޅު ނެރުނު ޕްރޮސްޕެކްޓްސް ރިޕޯޓުގައި ލަފާކުރީ އިގުތިސޯދު 4.6 ޕަސެންޓު އިތުރުވާނެ ކަމަށް.
ހަބަރުމާބަދިގެ ސައިޓު މިއުޒަމްގެ އެޑްވާންސް އަނބުރާ ދޭން ހުކުމްކޮށްފި
މާބަދިގެ ސައިޓު މިއުޒިއަމް ތަރައްގީ ކުރަން ހެރިޓޭޖު މިނިސްޓްރީން ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކިޔާ ކުންފުންޏަަކަށް އެޑްވާންސްގެ ގޮތުގައި ދިން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ޖެހޭ
