about 2 hours 0
ލީވާން އަލީ ނާސިރު
ހަސަން އަމީޒް: މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަސައްކަތްކުރަމުންދަނީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓަކު ހޮވުުމަށް
about 2 hours 0
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރާތީ އެ ޕާޓީގެ ވިލނގިލި ދާއިރާގެ ނައިބުރައީސް އަމީޒް ހަސަންއަށް މިއަދު ފިޔަވަޅު އަޅައިފި އެވެ.
އެމްޑީޕީން ބުނީ އަމީޒް ހަސަންއަށް ފިޔަވަޅު އެޅީ އެ ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރާތީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ކަމަށެވެ.
"މައްސަލަ އާއިމެދު ވަކިގޮތެއް ނިމެންދެން އަމީޒް ޙަސަން ހުރި ޕާޓީގެ މަޤާމުގެ މަސްއޫލިއްޔަތްތަކުންނާއި، ޕާޓީގެ ހަރަކާތްތަކުން ވަގުތީގޮތުން އެކަހެރިކުރަން 02 އެޕްރީލް 2026 ގައި ބޭއްވުނު ބައްދަލުވުމުގައި ވަނީ ނިންމާފައި،" އެމްޑީޕީން ބުންޏެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ކެންޑޭޓާ ދެކޮޅަށް އަމީޒް ހަސަން މަސައްކަތްކުރާ މައްސަލަ ޕާޓީއަށް ހުށަހެޅީ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން އެވެ.
އެމްޑީޕީގެ ކެންޑިޑޭޓާ ދެކޮޅަށް އަމީޒް ހަސަން މަސައްކަތްކުރަމުންދަނީ އަމިއްލަގޮތުން ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ކަމަށް މައުލޫމާތު ލިބެ އެވެ.
Comment