Advertisement

ލަންޑަންގައި އޮތް ފޯ ނޭޝަންސް ކަޕެއްގައި އިންޑިއާ ވާދަކުރަނީ

about 2 hours 0


ލަންޑަންގައި އޮތް ފޯ ނޭޝަންސް ކަޕެއްގައި އިންޑިއާ ވާދަކުރަނީ

about 2 hours 0

މުމްބާއި، އިންޑިއާ (އޭޕްރީލް 2) - އިނގިރޭސިވިލާތުގެ ލަންޑަންގައި އަންނަ މަހުގައި ބާއްވާ ފޯ ނޭޝަން ޔުނިޓީ ކަޕްގައި އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމު ވާދަކުރާ ގޮތަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ނިންމައިފި އެވެ.

މިއީ، 2000 ވަނަ އަހަރުގެ ފަހުން، އިންޑިއާގެ ގައުމީ ޓީމެއް އިންގްލެންޑުގައި ކުޅޭ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ ގޮތުން، މެއި 26-30 އަށް ކުރިއަށްދާ މި މުބާރާތުގައި، އިންޑިއާގެ އިތުރުން، ދެން ބައިވެރިވާނެކަމުގެ ޔަގީންކަން ދީފައިވާ ޓީމުތަކަކީ، ދުނިޔޭގެ ރޭންކިން 26 ވަނައިގައި އޮތް ނައިޖީރިއާ އާއި 71 ވަނައިގައި އޮތް ޖެމެއިކާ އެވެ.

އެންމެ ފަހުން ފީފާ އިން ނެރުނު ރޭންކިންގައި 136 ވަަނައިގައި އޮތް އިންޑިއާ އަށް ލަންޑަންގައި މި ބާއްވާ ޔުނިޓީ ކަޕްގައި ލިިބިގެންދަނީ ކުރިއަށްދިއުމަށް ބަލާއިރު، ވަރަށް މުހިންމު ފުރުސަތުތަކެއް ކަމަށް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން، އޭއައިއެފްއެފް އިން ދެކެ އެވެ. އެ ގޮތުން، އޭއައިއެފްއެފް އިން މި ފުރުސަތުގެ ބޭނުންހިފަން ނިންމީ އިންޑިއާގެ ކޯޗު، ހާލިދު ޖާމިލްގެ ވެސް ލަފާގެ މަތިންނެވެ.

ޔުނިޓީ ކަޕްގައި ކުޅޭނެ ހަތަރު ވަނަ ޓީމެއް ކަނޑައެޅުމުގައި، މުބާާރާތް އިންތިޒާމްކުރާ ފަރާތުން އަންނަނީ، އެކި ގައުމުތަކާ މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން، ގެންގުޅޭ ވިސްނުމަކީ، ހަތަރު ވަނަ ގައުމަކީ ޔޫރަޕަށް ނިސްބަތްވާ ޓީމަަކަށް ހެދުމަށެވެ.