about 2 hours 0
about 2 hours 0
މުމްބާއި، އިންޑިއާ (ޖެނުއަރީ 17) - އަންނަ މާޗް މަހު އޮސްޓްރޭލިއާގައި ބާއްވާ އޭއެފްސީ އޭޝިއަން ވިމެންސް ކަޕަށް އިންޑިއާ އިން ކޮސްޓަ ރިކާގެ ތަޖުރިބާކާރު ކޯޗު، އަމެލިއާ ވަލްވޭޑޭ ހަމަޖައްސަން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އޮސްޓްރޭލިއާގަައި މާޗް 1-21 އަށް ކުރިއަށްދާ އޭއެފްސީ އޭޝިއަން ވިމެންސް ކަޕްގައި ކުޅޭ އިންޑިއާ ޓީމާ އަމޭލިއާ، 39، ހަވާލުވާނީ އެ މުބާރާތަށް ހަދާ ކުރު ކޮންޓްރެކްޓަކަށެވެ. ވިމެންސް އޭޝިއަން ކަޕްގައި އިންޑިއާ ހިމެނެނީ ޖަޕާން، ވިއެޓްނާމް އަދި ޗައިނީސް ޓައިޕޭއާ އެކު ގްރޫޕް ސީގަ އެެވެ.
ވަރުގަދަ ގްރޫޕެއްގައި ލައްވާލުމާ އެކު، ދުނިޔޭގެ ފެންވަރުގެ މޮޅު ކޯޗަކާ ޓީމު ހަވާލުކުރަން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ވަނީ ނިންމައިފަ އެވެ. އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ، އެމޭލިއާގެ އަމިއްލަ ކޯޗިން ސްޓާފުން ވެސް ގެންނަން ފުރުސަތު ދީފަ އެވެ. އެއީ، ގޯލްކީޕަރު ކޯޗެއްގެ އިތުރުން، ސްޓްރެންތު އެންޑް ކަންޑިޝަނިން ކޯޗެކެވެ.
އަމޭލިއާއާ އެކު، އިންޑިއާ ގައުމީ ޓީމުން ތުރުކީގައި ކޭމްޕް ކުރާ ގޮތަށް ހަމަޖެހިފައިވާއިރު، ޔޫރަޕްގެ ތިން ކްލަބަކާ އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެ އެވެ.
އުމުރުން އެންމެ 28 އަހަރުގައި ކޮސްޓަ ރިކާގެ ގައުމީ އަންހެން ޓީމުގެ ކޯޗުކަމާ ހަވާލުވި އަމޭލިއާ ވަނީ އެ ޓީމު 2015 ވަނަ އަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފަ އެވެ. އަދި، އޭނާ އަކީ އެކަން ހާސިލްކުރި ފުރަަތަމަ ކޯޗެވެ. އަމޭލިއާގެ އިރުޝާދުގެ ދަށުން ކޮސްޓަ ރިކާ ވަނީ 2023 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ.
ކޮސްޓަ ރިކާ ޓީމު، 2023 ގައި ދޫކޮށްލުމަށް ފަހު، މިދިޔަ ދެ އަހަރު އަމޭލިއާ ހުރީ މެކްސިކޯގެ ކްލަބެއް ކަމަށްވާ މޮންޓަރޭގެ އަންހެން ޓީމާ ހަވާލުވެ އެވެ.
Comment