about 1 hour 0
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ)ގެ ރައީސް، ގަބްރިއެލޭ ގްރަވީނާ.
about 1 hour 0
ރޯމް، އިޓަލީ (އޭޕްރީލް 4) - އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ)ގެ ރައީސް، ގަބްރިއެލޭ ގްރަވީނާގެ އިސްތިއުފާ އަށް ސްޕޯޓްސް މިނިސްޓަރު، އަންދްރެއާ އަބޯޑީ ގޮވާލައްވައިފި އެވެ.
ޕްލޭއޮފްގައި ޕެނަލްޓީ ޖަހައިގެން ބޮސްނިއާ އަތުން 4-1 އިން ބަލިވެ، އިޓަލީ އަށް ޖެހިޖެހިގެން ތިން ވަނަ ފީފާ ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެ އެވެ. ހަތަރު ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ އަކީ ވޯލްޑް ކަޕް ކާމިޔާބުކުރި ގައުމުތަކުގެ ތެރެއިން ޖެހިޖެހިގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވި ފުރަތަމަ ގައުމެވެ.
އިޓަލީގެ ފުޓްބޯޅަ ރައީސް ގްރަވީނާ ވިދާޅުވީ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށާއި އެކަމަކު، އޭނާ އެ މަގާމުގައި ދެމިހުރުމާ މެދު މި ހަފްތާގައި ހިންގާ ކޮމިޓީން ގޮތެއް ނިންމާނެ ކަމަށެވެ. ގްރަވީނާ ވަނީ މައްސަލަ އޮތީ ހަމައެކަނި އެފްއައިޖީސީގައި ނޫން ކަމަށާއި އިޓަލީގެ ފުޓްބޯޅައާ ގުޅޭ އެކިއެކި ސްޓޭކްހޯލްޑަރުންނާ ވެސް ގުޅޭ ގޮތަށް އޮތީ ހައްލު ނުލިބި ދިގުލައި ގޮސްފައިވާ "ސިސްޓަމެޓިކް ކްރައިސިސް" އެއް ކަމަށް ވިދާޅުވެފަ އެވެ.
އެއާ އެކު، މިިނިސްޓަރު އަބޯޑީ ވިދާޅުވީ، ޖެހިޖެހިގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ދެން ވެސް އިތުރު ބައެއްގެ މައްސަލަ ދެއްކުމަކީ އަމިއްލަ އަށް ޒިންމާ އިން ރެކެން އުޅުން ކަމަށެވެ.
"ޖެހިޖެހިގެން ތިން ފަހަރު ވޯލްޑް ކަަޕަށް ކޮލިފައިނުވުމުން މި ހުރި މައްސަލަ ތަކަށް އެންމެން ވެސް ވިސްނަންޖެހޭ،" އަބޯޑީ ވިދާޅުވި އެވެ.
ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާގެ ނައިބު ރައީސްކަން ކުރިން ކުރެއްވި ގްރަވީނާ، އެފްއަައިޖީސީގެ ރައީސަކަށް އިންތިހާބުވީ، 2018 ވަނަ އަހަރު އެވެ.
އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވެ ދިޔައިރު، އެެވެ. މި ފަހަރުގެ ކުރިން، ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ. ކުރިން ފަހަރުތަކާ ހިލާފަށް އިޓަލީން މި ފަހަރުގެ ޕްލޭއޮފް ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. އެކަމަކު، ޕްލޭއޮފް ފައިނަލުން ބޮސްނިއާ އަތްދަށުވެ ކެޓީ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment