Advertisement

ސްޕެއިންގެ ތަރި ޔަމާލް މުސްލިމުންގެ ހައްގުގައި ބަސްބުނެފި

about 2 hours 0


ސްޕެއިންގެ ތަރި ޔަމާލް މުސްލިމުންގެ ހައްގުގައި ބަސްބުނެފި

about 2 hours 0

ބާސެލޯނާ (އޭޕްރީލް 2) - ސްޕެއިނުގެ ޒުވާން ތަރި، ލަމީން ޔަމާލް، ދާދި ފަހުން ސްޕެއިނުން މިސްރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި، މުސްލިމުންނާ ދެކޮޅަށް ދަނޑުގައި އަޑުގަދަކޮށް ހަޅޭލެވި ސަޕޯޓަރުންނަށް ފާޑުކިޔައިފި އެވެ.

ބާސެލޯނާގެ އާރްސީޑީއީ ސްޓޭޑިއަމްގައި މިސްރާ ދެކޮޅަށް ސްޕެއިނުން ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، މި މެޗުގެ ތެރެއިން ސްޕެއިންގެ ބައެއް ސަޕޯޓަރުން ވަނީ މުސްލިމުންނާއި އިސްލާމް ދީނަށް ނިސްބަތްވާ ގޮތަށް ބޭއަދަބީ ބަސްތައް ބޭނުންކޮށް އަޑުގަދަކޮށްފަ އެވެ. ސްޕެއިނުގެ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެ މެޗުގެ ތެރެއިން ވެސް ސްޓޭޑިއަމްގައި ވަނީ އެކަން ހުއްޓާލުމަށް އެކަން ކުރި ސްޕެއިން ސަޕޯޓަރުންނަށް އަންގައި، ދަނޑުގެ ސްކްރީންގައި މެސެޖެއް ހިއްސާކޮށްފަ އެވެ.

މެޗަށް ފަހު، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި، ޔަމާލް، 18، ބުނެފައިވަނީ، ސަޕޯޓަރުންގެ ފަރާތުން އެ ފެނުނު ކަމަކީ ސީދާ އޭނާ އަށް އަމާޒުކޮށް އޭނާއާ ދެކޮޅު ކަމެއް ނޫން ކަމުގައި ވިޔަސް ހިނގައިދިޔައީ މުސްލިމެއްގެ ހައިސިއްޔަތުން ބަލާއިރު ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

"މުސްލިމެއްގެ ގޮތުގައި ހުރެ އަހަންނަށް އެއީ ވަރަށް އިހުތިރާމް ދަށް، ގަބޫލުނުކުރެވޭނެ ދަށް ފެންވަރު ކަމެއް، ސްޕެއިންގެ ބައެއް ސަޕޯޓަރުންގެ ފަރާތުން ފެނުނު،" ޔަމާލް ބުންޏެވެ. "އަހަންނަށް އެނގޭ ސްޕެއިނުގެ ހުރިހާ ސަޕޯޓަރުން އެހެނެއް ނޫން ކަން، އެކަމަކު، އެކަން އެ ކުރި ބަޔަކު އެެ ކުރި ކަމަކީ، ދީނަކަށް ފުރައްސާރަ ކުރީ، ނަސްލީ ތަފާތު ކުރުމަކަށް ބާރު އެޅީ."

ޔަމާލް ބުނީ ފުޓްބޯޅަ އަކީ ވަރަށް ޝައުގުވެރި ގިނަ ބަޔަކު ގަޔާވާ ކުޅިވަރެއް ކަމަށްވާއިރު، މީގެ ތެރެއިން އަންނަން ޖެހޭ އެއްބައިވަންތަ ކަމަށް ހުރަސްއެޅޭ މި ފަދަ ކަންކަމާ ހުރިހާ ސަޕޯޓަރުން ދުރުވުމަށް އެދޭ ކަމަށެވެ.

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަން އާއި ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ވަނީ، މުސްލިމުންނާ ދެކޮޅަށް އަޑުއުފުލުމުގެ ނަމުގައި ސްޕެއިންގެ ސަޕޯޓަރުންގެ ފަރާތުން އެ ފެނުނު "ދަށުދަރަޖައިގެ އަމަލު" ކުށްވެރިކޮށް، މި ކަން ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެފަ އެވެ.