Advertisement

ދެ އިންތިހާބު އެއްކޮށްލަން ނަގާ ވޯޓުގައި ނޫނެކޭ ބުނަން އުމަރު ނަސީރު ވެސް ގޮވާލައްވައިފި

about 2 hours 0

އުމަރު ނަސީރު: ވިދާޅުވީ އެއްކޮށްލަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ކަމަށް -- ފޮޓޯ: އަދަދު ފައިލް


ދެ އިންތިހާބު އެއްކޮށްލަން ނަގާ ވޯޓުގައި ނޫނެކޭ ބުނަން އުމަރު ނަސީރު ވެސް ގޮވާލައްވައިފި

about 2 hours 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސ އިންތިހާބު އެއްކޮށްލަން އަންނަ ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނުމަށް އުމަރު ނަސީރު ވެސް ގޮވާލައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ނަސީރު ވިދާޅުވީ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ތިން އިންތިހާބު ބޭއްވުމުގެ ބަދަލުގައި ދެ އިންތިހާބު ބާއްވަން އޭނާ ވެސް ތާއީދު ކަމަށެވެ. އެކަމަކު ވިދާޅުވީ އެއްކޮށްލަންޖެހޭނީ މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބު ކަމަށެވެ.

"ރިޔާސީ އިންތިހާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ ބޮޑު އިންތިހާބެއް. އަނެއް ދެ އިންތިހާބަކީ ވަކިވަކި ދާއިރާތަކާ ގުޅޭ އިންތިހާބުތަކެއް. ހަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިހާބު އެއްކުރުމަށްފަހު އެންމެ ކުޑަ އިންތިހާބު ބޮޑު ހަރަދުކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫން،" އުމަރު ވިދާޅުވި އެވެ.

"އެންމެ ބޮޑު ދެ އިންތިހާބު އެއްކުރުމަށް ނޫނެކޭ ބުނޭ."

ދެ އިންތިހާބު އެއްކޮށްލަން ދެކޮޅު ކަމަށް އުމަރު ނަސީރުގެ އިތުރުން ވެސް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ މާހިރުންނާއި ޑިމޮކްރަސީ އަދި ހެޔޮވެރިކަމަށް މަސައްކަތް ކުރާ ފަރާތްތައް ހިމެނެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަންޖެހޭ ހަމައެކަނި ސަބަބަކީ ހަރަދު ކުޑަކުރުމެވެ. އެކަމަކު ދެ އިންތިހާބު އެއްކޮށްލައިގެން ސަލާމަތްވަނީ ފަސް އަހަރަށް ބަހާލައިފި ނަމަ ބޮލަކަށް އެންމެ ފަސް ލާރި އެވެ. އެއީ ގާތްގަނޑަކަށް 40 ވަރަކަށް މިލިއަން ރުފިޔާ އެވެ.

އެކަމަކު، މި ސަރުކާރު ވެރިކަމަށް އައިސް އިތުރު ކުރި ވަޒީފާތަކުގެ މުސާރައަށް މަހަކު 400 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ބެލެވެ އެވެ. އެފަދަ އެއްވެސް ހަރަދެއް ކުޑަކުރާކަށް ސަރުކާރުން އަދި މަސައްކަތެއް ނުކުރެ އެވެ.