Advertisement

"1+1 ކީއްކުރަން؟" ނަމުގައި ފެންނަ ނުފެންނަ ވޯޓާ ގުޅޭ ހާއްސަ ފޯރަމެއް މިރޭ ބާއްވަނީ

about 2 hours 0


"1+1 ކީއްކުރަން؟" ނަމުގައި ފެންނަ ނުފެންނަ ވޯޓާ ގުޅޭ ހާއްސަ ފޯރަމެއް މިރޭ ބާއްވަނީ

about 2 hours 0

ގާނޫނުއަސާސީއަށް ގެންނަ 8 ވަނަ އިސްލާހާ ގުޅޭގޮތުން އޭޕްރީލް 4 ގައި ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ހޭލުންތެރިކުރުމަށް ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންނާއެކު ބާއްވާ ހާއްސަ ފޯރަމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"1+1 ކީއްކުރަން؟" މި ނަމުގައި ބާއްވާ މި ފޯރަމަކީ، ވޯޓާ ގުޅޭ ގޮތުން ހުރި ތަފާތު ހިޔާލުތަކާއި، ސިޔާސީ އަދި ގާނޫނީ ނަޒަރިއްޔާތުތަކަށް ބިނާކޮށް، ރައްޔިތުން ހޭލުންތެރިކުރުވުމަށް ބާއްވާ ފޯރަމެއް ކަމަށް، މި ފޯރަމް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ މަޝްހޫރު ނޫސްވެރިޔާ އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) ވިދާޅުވި އެވެ.

ފޯރަމްގައި މައުލޫމާތު ދެއްވާނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން އާއި އިމްތިޔާޒު ފަހުމީ އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގައި ހަރަކާތްތެރިވާ އައިމަން ރަޝީދު އެވެ.

"މި ފޯރަމްގެ މައިގަނޑު ބޭނުމަކީ ފެންނަ ނުފެންނަ ވޯޓަކަށް ދާއިރު، އެކަމުގެ ސަބަބުން ގައުމުގެ ހިންގުމުގެ ނިޒާމަށް އަތުވެދާނެ ބަދަލުތަކާއި، ގާނޫނީ ގޮތުން ކުރިމަތިވެދާނެ ކަންކަމާ މެދު ފުންކޮށް ބަހުސްކުރުން. ތަޖުރިބާކާރުންގެ އިލްމީ ވާހަކަތަކުގެ އެހީގައި، އާންމު ރައްޔިތުންނަށް މި މައުލޫއުގައި ސާފު މައުލޫމާތު ލިބިގެންދާނެ،" ޒާހިރު ވިދާޅުވި އެވެ.

"ގައުމުގެ މުސްތަގުބަލާ ގުޅޭ މުހިންމު ނިންމުމެއް ނިންމުމުގެ ކުރިން، ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ހުޅުވާލެވިފައިވާ ބަހުސެއް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް."

ހ. މީރުމާ މާލަމުގައި މިރޭ 8:30 ގައި ބާއްވާ މި ފޯރަމްގައި ބައިވެރިވުމަށް އާންމުކޮށް ވަނީ ހުޅުވާލައިފަ އެވެ.