about 2 hours 0
about 2 hours 0
މެޑްރިޑް (މާޗް 29) - އެތުލެޓިކޯ މެޑްރިޑުން އެ ކްލަބްގެ ކޯޗު، ޑިއޭގޯ ސިމިއޯނީއާ އެކު އަންނަ ސީޒަނުގައި ވެސް ކުރިއަށްދާން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ސިމިއޯނީއާ އެކު، އެތުލެޓިކޯ އިން ހަދާފައި އޮތް އެއްބަސްވުން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، އެތުލެޓިކޯގެ ސީނިއާ މެނޭޖްމަންޓުން ނިންމާފައި އޮތީ މިހާރު އޮތް އެއްބަސްވުމާ އެއްގޮތަށް އަންނަ ސީޒަނުގައި ވެސް އަމަލުކުރުމަށެވެ.
ކުރިން އެތުލެޓިކޯ އަށް ކުޅުނު ސިމިއޯނީގެ އެއްބަސްވުން އާ ކުރަން އެ ކްލަބުން މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، ކޮންޓްރެކްޓަކާ ހަމައަށް އާދެވޭ ގޮތެއްނުވެ އެވެ.
ސިމިއޯނީ، އެތުލެޓިކޯއާ ހަވާލުވީ، 2011 ވަނަ އަހަރު އެވެ. އޭނާ ވަނީ އެ ޓީމާ އެކު، ފާހަގަކޮށްލެވޭ ރަނގަޅު މަސައްކަތްތަކެއްކޮށް، އަށް ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި، ސްޕެނިޝް ލީގު ދެ ފަހަރާއި ޔޫރޮޕާ ލީގު ދެ ފަހަރުގެ އިތުރުން، ޔުއެފާ ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކުރުން ހިމެނެ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެ ފަހަރު ބަލިވެފައިވެ އެވެ.
މި ސީޒަނުގައި ސްޕެނިޝް ލީގުގެ ތިން ވަނައިގައި މި ވަގުތު އޮތް އެތުލެޓިކޯ އިން ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެތުލެޓިކޯ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ކުޅެނީ ބާސެލޯނާއާ އެވެ.
އެތުލެޓިކޯ އަށް ފަަހު، ކޯޗިން ކެރިއަރުގައި އިންޓަ މިލާނުގައި މަސައްކަތް ކުރުމަކީ ސިިމިއޯނީގެ އަމާޒެކެވެ.
Comment