Advertisement

ވިނީޝިއުސްގެ ލަނޑުތަކާ އެކު ރެއާލުން އެތުލެޓިކޯ ބަލިކޮށްފި

about 1 hour 0


ވިނީޝިއުސްގެ ލަނޑުތަކާ އެކު ރެއާލުން އެތުލެޓިކޯ ބަލިކޮށްފި

about 1 hour 0

މެޑްރިޑް (މާޗް 23) - ސްޕެނިޝް ލީގުގައި ރޭ ވިނީޝިއުސް ޖޫނިއާ ޖެހި ލަނޑުތަކާ އެކު، ރެއާލް މެޑްރިޑުން 3-2 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އިން ރޭ ވަނީ ރޮނާލްޑް އަރައުހޯ ޖެހި ހަމައެކަނި ލަނޑުން 1-0 އިން ރަޔޯ ވަޔެކާނޯ ބަލިކޮށްފަ އެވެ. ބާސެލޯނާ، ލީގުގެ އެއް ވަަނައިގައި އޮތީ 29 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލަށް 29 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ވިޔަރެއާލަށް 29 މެޗުން 58 ޕޮއިންޓް އަދި ހަތަރެއްގައި އޮތް އެތުލެޓިކޯ އަށް 29 މެޗުން 57 ޕޮއިންޓް ވަނީ ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ރެއާލުން ރޭގެ މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް މެޗުގައި ލީޑުނެގީ އެތުލެޓިކޯ އިންނެވެ. އެ ގޮތުން، އެތުލެޓިކޯ އަށް ލީޑުނަގައިދިން ލަނޑު ޖަހައިދިނީ 33 ވަނަ މިނިޓްގައި އަޑެމޯލާ ލުކްމަން އެވެ. މިއީ، ޖިއުލިއާނޯ ސިިމިއޯނީ ދިން ބޯޅައަކުން ލުކްމަން ޖެހި ލަނޑެކެވެ.

ފުރަތަމަ ހާފުގައި ކުރީގައި އޮވެގެން ނިންމާލި އެތުލެޓިކޯ އަށް ދެ ވަނަ ހާފު ފަށައިގެން މާގިނައިރު ކުރީގައި އޮވެވޭ ގޮތެއްނުވި އެވެ. އެ ގޮތުން، މެޗުގެ 52 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ވިނީޝިއުސް ވަނީ އެއްވަރުކޮށްފަ އެވެ. މިއީ، ރެއާލްގެ ބްރަހިމް ޑިއާޒަށް އެތުލެޓިކޯ އޭރިއާތެރެއިން ޑޭވިޑް ހެންކޯ ކުރި ފައުލަަކަށް ދިން ޕެނަލްޓީ އެކެވެ. އެއްވަރުކުރިތާ ތިން މިނިޓް ފަހުން، ރެއާލުން ވަނީ މެޗުގައި ފުރަތަމަ ފަަހަރަށް ލީޑުނަގައިފަ އެވެ. އެތުލެޓިކޯގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި މި ލަނޑު ޖެހީ ފަހަކަށް އައިސް ލަނޑު ޖެހުމުގެ ރަނގަޅު ފޯމެއްގައި ހުރި ފެޑެރީކޯ ވަލްވޭޑޭ އެވެ.

އެތުލެޓިކޯ އިން އެއްވަރުކުރީ، މެޗުގެ 66 ވަނަ މިނިޓްގައި ނަަހުއެލް މޮލީނާ، އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ފޮނުވާލި ގޯލަކުންނެވެ. އެކަމަކު، އޭގެ ހަ މިނިޓް ފަހުން، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި، ވިނީޝިއުސް ވަނީ ރެއާލް މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ.

ރެއާލުން މެޗުގެ ފަހު ކޮޅުގަައި ކުުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، އެ ޓީމުގެ ވަލްވޭޑޭ އަށް ރަތެއް ދެއްކުމުންނެވެ. މެޗުގެ 77 ވަނަ މިނިޓްގައި ވަލްވޭޑޭ އަށް ރަތެއް ދެއްކީ، އެތުލެޓިކޯގެ އަލެކްސް ބައޭނާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.