Advertisement

މަސްތުގެ ހާލުގައި ހުރެ ކާރު ދުއްވައިގެން އެކްސިޑެންޓްވި މައްސަލައިގައި ޓައިގާ ވުޑްސް ހައްޔަރުކޮށްފި

about 2 hours 0


މަސްތުގެ ހާލުގައި ހުރެ ކާރު ދުއްވައިގެން އެކްސިޑެންޓްވި މައްސަލައިގައި ޓައިގާ ވުޑްސް ހައްޔަރުކޮށްފި

about 2 hours 0

ފްލޮރިޑާ, ޔުނައިޓެޑް ސްޓޭޓްސް (މާޗް 28) - މަޝްހޫރު ގޯލްފް ލެޖެންޑް، ޓައިގާ ވުޑްސް، މަސްތުގެ ހާލުގައި ހުރެ ކާރު ދުއްވައިގެން އެކްސިޑެންޓްވި މައްސަލައިގައި ހައްޔަރުކޮށްފި އެވެ.

މިިދިޔަ އަހަރު އަމިއްލަ ގޭގައި ފަރިތަކުރުންތަކެއް ކުރިއަށްގެންދަނިކޮށް ލިބުނު އަނިޔާއަކާ ހެދި ކުޅުމާ ދުރުގައި ހުރުމަށް ފަހު، އުމުރުން 50 އަހަރުގެ ވުޑްސް ތައްޔާރުވަމުން އައީ އަންނަ މަހު ޕްރޮފެޝަނަލް މުބާރާތްތަކުގައި ވާދަކުރަން ފެށުމަށެވެ.

އެކަމަކު، އިއްޔެ މެންދުރު ވަގުތެއްގައި، ވުޑްސް ދުއްވަން އިން ކާރު އެކްސިޑެންޓެއްވިއިރު، އޭނާ އަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. އެކަމަކު، ބައެއްގެ މުދަލަށް ގެއްލުން ދިނުމާއި، މަސްތުގެ ހާލަތުގައި ހުރިތޯ ބަލަން ފުލުހުން ހަދާ ޓެސްޓަށް އެއްބާރުލުން ނުދޭތީ ވުޑްސް ހައްޔަރުކުރަން ފުލުހުން ނިންމީ އެވެ. އެ ގޮތުން ފުލުހުން ބުނާގޮތުގައި، ވުޑްސް ވަނީ ބްރީތަލައިޒާ ޓެސްޓް ހަދައިފަ އެވެ. އެކަމަކު، ޔޫރިން ޓެސްޓް ދޭން އޭނާ ދެކޮޅު ހެދި އެވެ. އެހެންވެ، ފުލުހުން ތުހުމަތު ކުރަނީ، މަސްތުވުމަށް ބޭނުންކުރާ އެހެން އާލާތެއް ބޭނުންކޮށްގެން ހުރެ، ވުޑްސް ކާރު ދުއްވި ކަމަށެވެ.

ފުލުހުން ނިންމާފައިވަނީ ވުޑްސް އަށް ގަޑިއިރު ހައްޔަރުގައި ބެހެއްޓުމަށް ފަހު، ބޮންޑެއް ބެހެއްޓުމަށް ފަހު ރިލީސްކުރުމަށެެވެ. އަދި، މި މައްސަލަ ކޯޓުގައި ކުރިއަށްދާއިރު، ގަވާއިދުން ފުލުހަށް ރިޕޯޓްކުރަން ވުޑްސް އާއި އޭނާގެ ވަކީލުންނަށް އަންގާނެ އެވެ.

މީގެ އެއް އަހަރު ކުރިން، 2024 ވަނަ އަހަރުގެ ޖުލައި މަހު ކުރިއަށްދިޔަ ޕީޖީއޭ ޓުއާ އިވެންޓްތަކަށް ފަހު، ވުޑްސް އަށް އެކި ސަބަބުތަކާ ހުރެ، ޕީޖީއޭ އިވެންޓްތަކުގައި ނުކުޅެވެ އެވެ. އެ ގޮތުން، އެ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭ ވުޑްސް ވަނީ، 10 އަހަރު ތެރޭ ހަ ވަނަ ފަހަރަށް އުނަގަނޑުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އޭގެފަހުން، ވުޑްސް މަސައްކަތް ކުރަމުން އައީ، މިދިޔަ އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހު ފަށާ މާސްޓާސް މުބާރާތުގައި ވާދަކުރުމަށެެވެ. އަދި، އެ މުބާރާތަށް ތައްޔާރުވާން އަމިއްލަ ގޭގައި ކުރިއަށްގެންދިޔަ ޓްރެއިނިންއެއްގެ ތެެރެއިން އަނިޔާވީ ވުޑްސް، ގެ ފުންނާބުގެ ކަށިގަނޑަށެވެ. އެ އަނިޔާއިން ރަނގަޅުވާން، ވުޑްސް ވަނީ މާޗް މަސް ތެރޭ އޮޕަރޭޝަނެއްކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބުރަކަށީގެ ޑިސްކެއްގެ އަނިޔާގެ މައްސަލަ ރަނގަޅުކުރަން ވެސް ސާޖަރީއެއް ކުރިއަށް ގެންދިޔަ އެވެ. ޓީޖީއެލް އިވެންޓެއްގައި ވުޑްސް އެންމެ ފަހުން ކުޅެފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އަދި، ޕީޖީއޭ އިވެންޓެއްގައި، އެންމެ ފަހުން އޭނާ ފެނުނީ މީގެ 20 މަސް ކުރިންނެވެ. ކްލަބް ލެވަލްގައި ކުރިއަށްދާ 2026 ވަނަ އަހަރުގެ ޓީޖީއެލް މުބާރާތުގައި ވުޑްސް ހުރީ ރަސްމީކޮށް ވާދަނުކޮށް، ޓީމަށް އެހީވެދޭ އޮފިޝަލެއްގެ ރޯލުގަ އެވެ.

ވުޑްސް، އެންމެ ފަހުން ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ 9-12 އަށް އޮތް މާސްޓާސް މުބާރާތުގައި ކުޅުމަށް ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު، އެކްސިޑެންޓާ ގުޅިގެން، މާސްޓާސް މުބާރާތުގައި ވާދަކުރުމުގެ ކަންކަން ނިންމުމުގައި ވުޑްސް ވަގުތުތަކެއް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.