15 އޭޕްރީލް 2025 - 08:59 0
15 އޭޕްރީލް 2025 - 08:59 0
ލަންޑަން (އޭޕްރީލް 15) - ނޮދަން އަޔަލެންޑަށް އުފަން، ގޯލްފަރު، ރޯރީ މެކްލްރޯއި، ކެރިއަރު ގްރޭންޑް ސްލޭމް ފުރިހަމަކޮށް ހާއްސަ އުފަލެއް ހޯދައިފި އެވެ.
މެކްލްރޯއި، 35، އަކީ ގޯލްފްގެ މޭޖާ ހަތަރު މުބާރާތް ކާމިޔާބުކުރި ހަ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ކާމިޔާބީ ހޯދި ގޯލްފަރުންނަކީ، ޖެކް ނިކްލައުސް، ޓައިގާ ވުޑްސް، ގެރީ ޕްލޭޔާ، ޖީން ސަރާޒެން އަދި ބެން ހޯގަން އެވެ.
ތަޖުރިބާކާރު ގޯލްފަރު، މެކްލްރޯއި ކެރިއާ ގްރޭންޑް ސްލޭމް ފުރިހަަމަ ކުރީ ދާދި ފަހުން، ކުރިއަށްދިޔަ އޮގަސްޓާ މާސްޓާސް ޓައިޓަލް ހޯދައިގެންނެވެ. ޕްލޭއޮފުގައި، މެކްރޯއި މޮޅުވީ ޖަސްޓިން ރޯސްއާ ވާދަކޮށެވެ.
މުބާރާތެއްގެ ތެރެއިން މެކްލްރޯއި އުފާފާޅުކުރަނީ،: މާސްޓާސް ތަށި ލިބުމަކީ މެކްލްރޯއި އަށް ބޮޑު އުފަލެއް
މިއީ، 11 އަހަރަށް ފަހު، މެކްލްރޯއި އަށް ލިބިގެންދިޔަ ފުރަތަަމަ ބޮޑު މުބާރާތުގެ ތަށްޓެވެ. އެންމެ ފަހުން އޭނާ ކާމިޔާބުކުރީ 2014 ވަނަ އަހަރުގެ އޯޕަން ޗެމްޕިއަންޝިޕް އެވެ. އޭގެ ކުރިން، 2011 ވަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކުރި މެކްލްރޯއި ވަނީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ޔޫއެސް ޕީޖީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.
މެކްރޯއި އަށް 2014 ވަނަ އަހަރުގެ ފަހުން، ބޮޑު މުބާރާތެއްގައި ކާމިޔާބު ނުލިބޭތީ ފާޑުކިޔުން ވެސް އަމާޒުވި އެވެ.
ކެރިއާ ގްރޭންޑް ސްލޭމް ފުރިހަމަ ވުމަކީ ކުރިއަށް އޮތްތާގައި، ހަމަޖެހިލައިގެން މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މެކްލްރޯއި ވަނީ ބުނެފަ އެވެ.
Comment