about 1 hour 0
about 1 hour 0
ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 25) - އަމިއްލަ ގޭގައި ފަރިތަކުރުންތަކެއް ކުރިއަށްގެންދަނިކޮށް ލިބުނު އަނިޔާއަކާ ހެދި މަޝްހޫރު ގޯލްފް ލެޖެންޑް، ޓައިގާ ވުޑްސް އޮޕަރޭޝަނެއް ކޮށް، އަހަރަކަށް ވުރެން ގިނަ ދުވަހަށް ފަހު، ވާދަވެރި މުބާާރާތެއްގައި ކުޅެން ތައްޔާރުވެއްޖެ އެވެ.
އެ ގޮތުން، 2024 ވަނަ އަހަރުގެ ޖުލައި މަހު ކުރިއަށްދިޔަ ޕީޖީއޭ ޓުއާ އިވެންޓްތަކަށް ފަހު، ވުޑްސް އަށް އެކި ސަބަބުތަކާ ހުރެ، ޕީޖީއޭ އިވެންޓްތަކުގައި ނުކުޅެވެ އެވެ. އެ ގޮތުން، އެ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭ ވުޑްސް ވަނީ، 10 އަހަރު ތެރޭ ހަ ވަނަ ފަހަރަށް އުނަގަނޑުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އޭގެފަހުން، ވުޑްސް މަސައްކަތް ކުރަމުން އައީ، މިދިޔަ އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހު ފަށާ މާސްޓާސް މުބާރާތުގައި ވާދަކުރުމަށެެވެ. އަދި، އެ މުބާރާތަށް ތައްޔާރުވާން އަމިއްލަ ގޭގައި ކުރިއަށްގެންދިޔަ ޓްރެއިނިންއެއްގެ ތެެރެއިން އަނިޔާވީ ވުޑްސް، 50، ގެ ފުންނާބުގެ ކަށިގަނޑަށެވެ. އެ އަނިޔާއިން ރަނގަޅުވާން، ވުޑްސް ވަނީ މާޗް މަސް ތެރޭ އޮޕަރޭޝަނެއްކޮށްފަ އެވެ. އަދި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބުރަކަށީގެ ޑިސްކެއްގެ އަނިޔާގެ މައްސަލަ ރަނގަޅުކުރަން ވެސް ސާޖަރީއެއް ކުރިއަށް ގެންދިޔަ އެވެ.
މިއާ އެކު، ޓީޖީއެލް އިވެންޓެއްގައި ވުޑްސް އެންމެ ފަހުން ކުޅެފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އަދި، ޕީޖީއޭ އިވެންޓެއްގައި، އެންމެ ފަހުން އޭނާ ފެނުނީ މީގެ 20 މަސް ކުރިންނެވެ.
ކްލަބް ލެވަލްގައި ކުރިއަށްދާ 2026 ވަނަ އަހަރުގެ ޓީޖީއެލް މުބާރާތުގައި ވުޑްސް ހުރީ ރަސްމީކޮށް ވާދަނުކޮށް، ޓީމަށް އެހީވެދޭ އޮފިޝަލެއްގެ ރޯލުގަ އެވެ. އެކަމަކު، ވުޑްސް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ 9-12 އަށް އޮތް މާސްޓާސް މުބާރާތުގައި ކުޅުމަށް ކަމަށް ވަނީ ބުނެފަ އެވެ.
"އުނދަގޫ ދުވަސްތަކާއި ފަސޭހަ ދުވަސްތައް މި ދަނީ، ބުރަކަށީގެ ޑިސްކުގެ މައްސަލަ ދިމާވޭ. މި ބަލަނީ ފުރަތަމަ މާސްޓާސް މުބާރާތުގައި ކުޅެވޭނެ ކަމަށް،" ވުޑްސް ބުންޏެވެ.
މޭޖާ ޗެމްޕިއަންޝިޕްގެ 15 ތަށި އަދި މާސްޓާސް ފަސް ތަށި ހޯދާފައިވާ ވުޑްސް ހުރީ ކެރިއަރު ރަނގަޅު ޓްރެކެއްގައި ނިންމާލެވޭނެ ކަމުގެ އުންމީދުގަ އެެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment