Advertisement

ސާފް 20 އަހަރުން ދަށުގެ މުބާރާތް: އިތުރުވަގުތުގައި ލަނޑު ޖަހައި ސްރީ ލަންކާ ބަލިކޮށް ބޫޓާނުން ސެމީގެ ފަހު ޖާގަ ހޯދައިފި

about 2 hours 0

ބޫޓާނުގެ ދެންޑުޕް ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ


ސާފް 20 އަހަރުން ދަށުގެ މުބާރާތް: އިތުރުވަގުތުގައި ލަނޑު ޖަހައި ސްރީ ލަންކާ ބަލިކޮށް ބޫޓާނުން ސެމީގެ ފަހު ޖާގަ ހޯދައިފި

about 2 hours 0

އިތުރު ވަގުތުގެ ތެރޭގައި ސްރީ ލަންކާ ކޮޅަށް ލަނޑު ޖަހައި، 1-0 އިން އެ ޓީމު ބަލިކޮށް ބޫޓާނުން ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ގްރޫޕް އޭގެ ފަހު މެޗުތައް މިއަދު ކުޅުނުއިރު، ހަވީރު ކުޅުނު މެޗުން ނޭޕާލުން ވަނީ ފަހު ވަގުތު ލަނޑު ޖަހައި، 1-1 އިން ރާއްޖެއާ އެއްވަރުކޮށް ގްރޫޕް އެއް ވަނަ ހޯދައިފަ އެވެ. ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީ މި މެޗަށް ނުކުތްއިރު، ސްރީ ލަންކާ އަށެވެ. އެއްވަރުކޮށްލައިގެން ވެސް ސެމީ އަށް ދެވެން އޮތް ލަންކާ ބަލިކޮށް ބޫޓާނުން ދެ ވަނަ ހޯދީ، ހަތަރު ޕޮއިންޓާ އެކު އެވެ. ތިން ވަނަ ހޯދި ލަންކާ އަށް ތިން ޕޮއިންޓް ލިބުނުއިރު، ރާއްޖޭން ތާވަލުގެ ފަހަތަށް ދިޔައީ ދެ ޕޮއިންޓާ އެކު އެެވެ.

ލަންކާ އިން މުބާރާތް ފެށީ ފަހަތުން އަރައި 3-2 އިން ރާއްޖެ ބަލިކޮށްގެންނެވެ. އެކަމަކު، ދެން ކުޅުނު ދެ މެޗުން 1-0 އިން މި ވަނީ ނޭޕާލާއި ބޫޓާން އަތުން ބަލިވެފަ އެވެ. ބޫޓާނުން ފުރަތަމަ މެޗުން ކުޅުންތެރިއަކު މަދުކޮށް ކުޅެ، 2-1 އިން ނޭޕާލް އަތުން ބަލިވި ނަމަވެސް، 0-0 އިން ރާއްޖެއާ އެއްވަަރުކޮށް، ލަންކާގެ މައްޗަށް ކުރިހޯދައި ސެމީ އަށް ދަތުރުކުރީ އެެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބޫޓާނުން ވަނީ މެޗު ފެށިގެން ވެސް ލިބޭ ފުރުސަތުތަކުގައި އަވަސް ބޯޅަތަކެއް ކުޅެ، ރަނގަޅު ޓީމު ކުޅުމަކާ އެކު ފުރުސަތު ތަނަވަސްކުރެވޭތޯ ބަލައިފަ އެވެ. އެކަމަކު، ގޯލެއް ނުޖެހި އެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ އެ ޓީމުންނެވެ. އެއީ، އިތުރު ވަގުުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގަ އެވެ.

އަރިމަތިން ލިބުނު ބޯޅައަކުން، ބޫޓާނުގެ ޓަންޑިން ޝެވާން ހުރަސްކޮށްލި ބޯޅަ ލަންކާގެ ކީޕަރު، ނަޑާލް ސެނާޕްލާ އަތްމަތިން ގޮސް ލިބުނީ ކުޑަ އޭރިއާތެރެއަށް އަރައި ހުރި ބޫޓާންގެ ދެންޑުޕް ގެޔެސްޓެން އަށެވެ. އޭނާ ވަނީ ހަމަޖެހިލައިފައި ބޮލުން ގޯލަށް ވައްދާލައި، ބޫޓާނަށް ސެމީގެ ޖާގަ ހޯދައިދިން ލަނޑު ޖަހައިފަ އެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބޫޓާނުން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ ދެންޑުޕް އެވެ.

އަންނަ ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލުގައި، ނޭޕާލާއި ބޫޓާނާ ދެކޮޅަށް ކުޅޭނެ ޓީމުތަކެއް ކަނޑައެޅޭނީ މާދަމާ ހަވީރު ކުޅޭ ގްރޫޕް ބީގެ ފަހު މެޗަށް ފަހު އެވެ. އެ މެޗުގައި އިންޑިއާ އިން ކުޅޭނީ ބަންގްލަދޭޝްއާ އެވެ. އެ ގްރޫޕުން އެ ދެ ޓީމު ވަނީ ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްފަ އެވެ.