Advertisement

މިއީ ނިމުމެއް ނޫން، ފެށުމެއް، އިންޝާﷲ: އިލާން

about 2 hours 0

ގައުމީ 20 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން އިލާން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


މިއީ ނިމުމެއް ނޫން، ފެށުމެއް، އިންޝާﷲ: އިލާން

about 2 hours 0

ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ފަހު، މުބާރާތް ރާއްޖެ އަށް ނިމުނު ކަމުގައި ވިޔަސް މިއީ ނިމުމެއް ނޫން ކަަމަށާއި މިއީ އަދި ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށް 20 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން ބުނެފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯސްޓްކުރި ސާފްގެ އުމުރުފުރާ މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ކެޕްޓަންކަން ކުރީ 17 އަހަރުގެ އިލާން އެވެ. ރާއްޖޭން ފުރަތަމަ މެޗުގައި އިލާންގެ ދެ ގޯލާ އެކު ސްރީ ލަންކާ ކައިިރިން ލީޑެއް ނެގި އެވެ. އެކަމަކު، އެ މެޗުން 3-2 އިން ވީ ބައްޔެވެ. ދެ ވަނަ މެޗުގައި ބޫޓާނާ 0-0 އިން އެއްވަރުވިއިރު، މިއަދު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި އިލާްންގެ ލަނޑުން ރާއްޖޭން ލީޑުނަގާފައިވަނިކޮށް، 88 ވަނަ މިނިޓްގައި، ނިޝާން ރާޖު ލާވަތު ލަނޑު ޖަހައި 1-1 އިން އެއްވަރުކުރުމުން، ރާއްޖެ އަށް ސެމީގެ ފުރުސަތު ނުލިބި، ގްރޫޕް ސްޓޭޖާ ހަމައިން މުބާރާތް ނިމުނީ އެެވެ.

"މިހާރު މި ހުރިހާ ކަމަކަށް އަލްހަމްދުލިއްލާހި ޝުކުރު. ވަރަށް ބޮޑު މަސައްކަތަކަށް ފަހު، ވަރަށް ކުޑަ ދުވަހުގެ ތައްޔާރީ އަށް ފަހު، އެކަމަކު ވެސް ވަރަށް ރަނގަޅު ތައްޔާރީ އަކަށް ފަހު އަޅުގަނޑުމެން މި އައި މެޗުތަކަށް މި ކުރިމަތިލީ، ދެން ހަމަ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ހަމަ ތިން މެޗުގައި ވެސް ފެނިގެން މިދިޔައީ ހަމަ ފުލް ސަޕޯޓަކާ އެކު، ދަނޑުފުރާލާފައި އޮތްތަން،" މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިލާން ބުންޏެވެ.

"މި އަދި ނިމުމެއް ނޫން. މި އަދި ފެށުން. އިންޝާﷲ އަންނަ އަހަރު ވެސް، މި އަހަރު ވެސް އޮންނަ މުބާރާތްތަކުގައި އަހަރުމެން އިތުރަށް މަސައްކަތްކޮށް، އަހަރެމެންގެ ކުރިއެރުން ފެންނާނެ ކަމަށް،"

އިލާން ބުނީ މެޗުން މެޗަށް ބަލާއިރު، ޓީމުގެ ފަރާތުން ކުރިއެރުން ފެނުނު ކަމަށެވެ. އެ ގޮތަށް ބަލާއިރު، މަސައްކަތްތަކެއްކޮށްގެން ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ދެން ހުރި މުބާރާތްތަކުގައި ވެސް ނަތީޖާ ނެރެވޭނެ ކަމަށް އިލާން ވަނީ ބުނެފަ އެވެ.

"ފުރަތަމަ މެޗާ (ލަންކާ މެޗާއި) ބަލާފައި މި މެޗު (ނޭޕާލް މެޗު) ވަރަށް ރަނގަޅު، އެއީ ހަމަ މަޑުމަޑުން (ކުރިއަށްދާނީ) މިއީ ހަމަ ސްޓެޕް ބައި ސްޓެޕް ޕްރޮސަސް އެކޭ ބުނެވޭނީ. މިއީ، ކުއްލިއަކަށް އެއްރެއިން މޮޅެއް ނުވެވޭނެ ސާފް ޗެމްޕިއަންޝިޕް އިން، މި މަޑުމަޑުން ކުރެވޭނެ ކަމެއް،" އިލާން ބުންޏެވެ.

ރާއްޖޭގެ 20 އަަަހަރުން ދަށުގެ ޓީމަށް މި އަހަރު އަދި އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް އެބައޮތެވެ.