about 2 hours 0
ލީވާން އަލީ ނާސިރު
about 2 hours 0
ބައުވެފައިވާ މާލެހިޔާ 1 އަދި 2 ފްލެޓްތަކާއި ސިނަމާލެ 1، 2، 3 އަދި 4 ގެ ފްލެޓްތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން މާޗު 19، ގައި ފްލެޓްތައް މަރާމާތުކުރަން ކުރި އިއުލާނުގެ އިތުރުން އެ ފްލެޓްތަކުގެ ލިފްޓްތައް ސާވިސްކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލުކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
މަރާމާތުގެ މަސައްކަތުގެ ތެރޭގައި ފްލެޓްތަކަށް ދިމާވެފައިވާ ގިނަ މައްސަލަތައް ފާހަގަކޮށް، އެ ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ހިމަނާފައި އޮތެވެ.
މިގޮތުން މަސައްކަތާ ހަވާލުވާ ތާރީހުން ފެށިގެން ގިނަވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި، ފްލެޓް އިމާރާތުގެ ބޭރު ފާރުތަކާއި ސިޑިތައް ހުންނަ އޭރިއާތަކާއި ފްލެޓް އިމާރާތުގެ އާންމު އޭރިއާތަކުގެ ފާރުތަކާއި ޝީޓުތަކާއި އެނޫންވެސް ކުލަލާންޖެހޭ ތަނެއްގައި އަދި ލިފްޓް ހުންނަ ގޯތީގެ އިންފާރުގައި ކުލަލާންޖެހެ އެވެ.
މީގެއިތުރުން ފްލެޓްތަކުގައި މިހާރު ކުރަން ހުރި ހުރިހާ މަސައްކަތެއްކޮށް، އެއްބަސްވުމުގެ މުއްދަތުގައި މަސައްކަތާ ހަވާލުވާ ފަރާތުން ފްލެޓްތަކުގެ މެއިންޓަނަންސް ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް ބާތިލުކުރި އިއުލާނުގައި އޮތީ ބަޔާންކޮށްފަ އެވެ.
އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއް ލައްކަ ރުފިޔާ ދޭން މުހައްމަދު މުއިއްޒު އޮތީ ނިންމަވާފަ އެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.
މާލެހިޔާގެ ޖުމްލަ 60 އެޕާޓްމަންޓް ހުރެ އެވެ. އެއީ މާލެހިޔާ 1 ގެ 36 އެޕާޓްމަންޓާއި މާލެހިޔާ 2 ގެ 24 އެޕާޓްމަންޓެވެ. މާލެހިޔާ އަދި ސިނަމާލޭގައި ޖުމްލަ 161 އެޕާޓްމަންޓް ހުންނައިރު، އެ ހުރިހާ އެޕާޓްމަންޓަކަށް އެއް ލައްކަ ރުފިޔާދޭން ދައުލަތުން 16.1 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
Comment