Advertisement

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

about 1 hour 0

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް


މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

about 1 hour 0

އިރާން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާ ގުޅިގެން، ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ސޮއިކުރެއްވި ރިޔާސީ ގަރާރެއްގައި ވަނީ، މި ނިންމެވުމަކީ ގައުމަށް ބޭނުންވާ ތެލުގެ ސަޕްލައި މެދުކެނޑިދާނެ ކަމުގެ ބިރު އޮތުމުން، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އިޒްރޭލާއި އިރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާއި، ތެޔޮ އުފުލާ މައި މަގެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ނުރައްކާ އޮތުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.

ފިލިޕީންސަކީ ބޭނުންވާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 98 ޕަސެންޓު މެދުއިރުމަތިން އިމްޕޯޓްކުރާ ގައުމަކަށް ވުމުން، މި ހާލަތުގެ ނޭދެވޭ އަސަރު އެ ގައުމަށް ވަރަށް ބޮޑަށް ކުރެއެވެ. މިގޮތުން، މިހާރު ވެސް ތެލުގެ އަގު ވަނީ ހަނގުރާމަ ފެށުމުގެ ކުރިން ހުރި ވަރަށް ވުރެ ދެގުނަ އުފުލިފަ އެވެ.

މި ހާލަތާ ގުޅިގެން ސަރުކާރުން ވަނީ ތެލާއި ކާބޯތަކެތި އަދި ބޭސް ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ ކޮމިޓީއެއް އުފައްދާފަ އެވެ.

މީގެ އިތުރުން ހަކަތަ އިގުތިސާދު ކުރުމުގެ ގޮތުން ސަރުކާރުގެ މުވައްޒަފުން ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އެނާޖީ ސެކްރެޓަރީ ޝެރަން ގަރިން ވިދާޅުވި ގޮތުގައި، މިހާރު ގައުމުގައި ހުރީ 45 ދުވަހުގެ ތެލުގެ ރިޒާވެކެވެ. މި ކުއްލި ނުރައްކަލުގެ ހާލަތު އެއް އަހަރު ދުވަހުގެ މުއްދަތަށް ދެމި އޮންނާނެ އެވެ.