Advertisement

އިޓަލީގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ބޮޑުވަޒީރު ހުށަހެޅުއްވި ބަދަލުތަކަށް ރައްޔިތުން ނޫނެކޭ ބުނެފި

about 1 hour 0

އިޓަލީގެ ބޮޑުވަޒީރު މެލޯނީ


އިޓަލީގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ބޮޑުވަޒީރު ހުށަހެޅުއްވި ބަދަލުތަކަށް ރައްޔިތުން ނޫނެކޭ ބުނެފި

about 1 hour 0

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ ސަރުކާރުން އެ ގައުމުގެ އަދުލު އިންސާފުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހެޅި ގާނޫނު އަސާސީގެ އިސްލާހުތަކަށް އެ ގައުމުގެ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ނޫނެކޭ ބުނެފި އެވެ.

މިއީ އަންނަ އަހަރު އޮންނަ އާންމު އިންތިހާބާ ކުރިމަތިލާއިރު މެލޯނީގެ ކަނާތު ފިޔައިގެ ކޯލިޝަނަށް ލިބުނު ވަރުގަދަ ނާކާމިޔާބީއެކެވެ.

މާޗު 22 އިން 23 އަށް ކުރިއަށްދިޔަ ފެންނަ ނުފެންނަ ވޯޓުގެ އެންމެ ފަހުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ބޮޑުވަޒީރު މެލޯނީ ހުށަހެޅުއްވި އިސްލާހަށް 53.5 ޕަސެންޓު މީހުން ވޯޓު "ނޫނެކޭ" ބުނެފައިވާއިރު ، އިސްލާހަށް ތާއީދުކޮށް ވޯޓު ދިނީ 46.5 ޕަސެންޓު މީހުންނެވެ.

މި ވޯޓުގައި ރައްޔިތުން ބައިވެރިވި ނިސްބަތް ވަނީ އުންމީދު ކުރި ވަރަށް ވުރެ މަތިވެ، 58 އަށް ވުރެ މައްޗަށް އަރާފައެވެ. މި ނަތީޖާއާއެކު، މެލޯނީގެ ކޯލިޝަން ސަރުކާރުން ގެންނަން އުޅުނު ޖުޑިޝަރީ އިސްލާހުތައް މިވަނީ ރަސްމީކޮށް ނާކާމިޔާބުވެފަ އެވެ.

ރައްޔިތުންގް މި ނިންމުން ބަލައިގަންނަވާ ކަމަށް މެލޯނީ ވިދާޅުވި އެވެ.

މި ނާކާމިޔާބީއާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވުމުގެ ގަސްތެއް ނެތް ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ. ނަމަވެސް، މި ނަތީޖާއާއެކު މެލޯނީއަށް އޮތް ސިޔާސީ ތާއީދު ކުޑަވަމުންދާކަމުގެ ބިރު ވަނީ ހީވެފައެވެ.

އިޓަލީގެ ބޮޑު ވަޒީރުގެ ތާއިދުކުރި ގޮތާ އިދިކޮޅަށް ރައްޔިތުން ބަސް ބުނުމަކީ ދިން އިންޒާރެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

އިޓަލީގެ ސަރުކާރުން ބުނަމުންދިޔައީ އިސްލާހުތަކުގެ ބޭނުމަކީ ފަނޑިޔާރުން ކުރާ ކުށްތަކަށް ޒިންމާދާރުކުރުވުމާއި، ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު ކޯޓުތައް ކޮންޓްރޯލް ކުރުން ހުއްޓުވުން ކަމަށެވެ. ނަމަވެސް، ފަނޑިޔާރުންނާއި ގާނޫނީ މާހިރުން މިކަމާ ދެކޮޅު ހެދީ މިއީ ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލުން ކަމަށް ބުނެއެވެ.