Advertisement

ރާއްޖެ އާއި ނޭޕާލް ވަރުގަދަ، އެކަމަކު ބޫޓާނުން ދުލެއް ނުދޭނެ

about 2 hours 0

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބޫޓާންގެ ކޯޗު ސޯނަމް ދެންޑަޕް ވާހަކަ ދައްކަނީ،---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ރާއްޖެ އާއި ނޭޕާލް ވަރުގަދަ، އެކަމަކު ބޫޓާނުން ދުލެއް ނުދޭނެ

about 2 hours 0

ރާއްޖޭގައި މިއަދު ފަށާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަށް ނުކުންނައިރު، ގްރޫޕް އޭގައި އޮތް ރާއްޖެ އާއި ނޭޕާލްގައި ވަރުގަދަ ޓީމެއް އެބައޮތް ކަމަށާއި އެކަމަކު، ބޫޓާނުން ވެސް ރަނގަޅަށް ކުޅެ، ނަތީޖާ ނެރެން މަސައްކަތްކުރާނެ ކަމަށް އެ ޓީމުގެ ކޯޗު، ސޯނަމް ދެންޑަޕް ބުނެފި އެވެ.

ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު 15:45 ގައި ފަށާ މެޗުގައި ބޫޓާނުން ބައްދަލުކުރާނީ ނޭޕާލްއާ އެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަމުން، ދެންޑަޕް ވަނީ ބޫޓާނުން ވެސް އެހެން ޓީމުތަކެކޭ އެއްގޮތަށް މި މުބާރާތަށް ރަނގަޅަށް ތައްޔާރުވި ކަމަށް ބުނެފަ އެވެ.

"ޔަގީންކަމެއް، ރާއްޖެ އާއި ނޭޕާލްގައި އޮތީ ރަނގަޅު ޓީމެއް. ސީނިއާ ޓީމަށް ބެލިޔަސް އެ ގޮތަށް ފެންނަން އޮތީ. ދެން، މި މުބާރާތަށް ބަލާއިރު، މިދިޔަ އަހަރުގެ މުބާރާތަށް ވުރެން މި ފަހަރު އަހަރެމެންގެ އެބައޮތް ކުރިއަށް ވުރެން އެކްސްޕީރިއަަންސް ހުރި ޓީމެއް. މި އަހަރު އަހަރެމެން މި އައީ ސާބިތުކޮށްދޭން ކިހާ ވަރަކަށް ކަން އަހަރެމެންގެ ކުޅުންތެރިން ޑިވެލޮޕްވީ،" ދެންޑަޕް ބުންޏެވެ.

މިދިޔަ އަށް ވަރަކަށް އަހަރަށް ބަލާއިރު، ބޫޓާނުން ވަނީ ފުޓްބޯޅައިގައި ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ. ދެންޑަޕް ބުނީ ބޫޓާނުން ވެސް ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ކުރަމުން އަންނަ މަސައްކަތް ރަނގަޅުކޮށްފައިވާ ކަމަށާއި އެންމެ ބޮޑު ތަފާތަކީ، ބިދޭސީ ކޯޗުން ގެެނެސްގެން ކުރާ މަސައްކަތް ކަމަށެވެ.

"ބޫޓާނުން ވެސް ބިދޭސީ ކޯޗުންނާ އެކު މަސައްކަތްކުރާ ނިސްބަތް އަންނަނީ އިތުރުކުރަމުން. އަހަރެމެން ބޮޑަށް ފޯކަސް ކުރަމުން މި އަންނަނީ ޔޫތަށް ބޮޑަށް އެހެންވެ، އަހަރެމެންނަށް ކުރިއަށް ވުރެން ރަނގަޅު ޓީމެއް ބިނާކުރެވިފައި މި އޮތީ،" ދެންޑަޕް ބުންޏެވެ.

ބޫޓާން އިން މިހާރު ފުޓްބޯޅައިގައި ވިސްނަނީ ހަމައެކަނި ސާފް އަށް އެކަނި ނޫން ކަމަށާއީ އޭއެފްސީ ލެވަލްގެ މުބާރާތްތަކަކީ ވެސް އަމާޒެކެވެ.

ދެންޑަޕް ބުނީ، ބޫޓާންގެ ކުޅުންތެރިންނަށް ރާއްޖޭގައި މުބާރާތް ކުޅޭއިރު، މޫސުމުގެ ތަފާތުގެ ސަބަބުން ޗެލެންޖް އެބައޮތް ކަމަށެެވެ.

"ކޮންމެ ވެސް ވަރެއްގެ އުނދަގޫ ކަމަކަށްވާނީ، ބޫޓާންގައި އެ އުޅުނު މޫސުމުގައި އުޅެފައި ރާއްޖޭގެ މި މާހައުލަށް ހޭނެން، އެކަމަކު، އަހަރެމެން މި ކުރާ މަސައްކަތުގައި ކުޅުންތެރިންނާއި ކޯޗުން ޖެހޭނީ ކޮންމެ މޫސުމަކާ ކުރިމަތިލާން ޖެހުނަސް އޭގެ ތެރޭގައި މަސައްކަތް ކުރަން އަމިއްލަ އަށް މޯޓިވޭޓްވާން ޖެހޭނީ،" ދެންޑަޕް ބުންޏެވެ.

މިދިޔަ އަހަރުގެ ސާފް 19 އަހަރުން ދަށުގެ މުބާރާތުން ބޫޓާން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މި ފަހަރު ބޫޓާން ގްރޫޕްގައި އޮތީ ނޭޕާލާއި ރާއްޖެ އަދި ސްރީ ލަންކާ އެވެ.