Advertisement

ރެއާލްގެ ކޯޓުއާ އަށް އަނިޔާވިއިރު، ބާސެލޯނާގެ ގާސިއާ ފިޓް

about 1 hour 0


ރެއާލްގެ ކޯޓުއާ އަށް އަނިޔާވިއިރު، ބާސެލޯނާގެ ގާސިއާ ފިޓް

about 1 hour 0

ބާސެލޯނާ (މާޗް 20) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ހަފްތާގެ މެޗުތަކަށް ފަހު، ރެއާލް މެޑްރިޑްގެ ކީޕަރު، ބެލްޖިއަމްގެ ތިބައު ކޯޓުއާ އަށް އަނިޔާގެ މައްސަލައެއް ކުރިމަތިވިިއިރު، ބާސެލޯނާގެ ކީޕަރު، ސްޕެއިނުގެ ޖޮއާން ގާސިއާ އަށް ކުރިމަތިވި އަނިޔާ ސީރިއަސް ނޫން ކަމަށް ޓެސްޓްތަކުން ދައްކައިފި އެވެ.

މެންޗެސްޓާ ސިޓީއާ ދެކޮޅަށް ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި، ރެއާލުން ކުޅުނު މެޗުގައި ކޯޓުއާ އަށް ކުޅެވުނީ 45 މިނިޓެވެ. އެ މެޗުގެ ތެރެއިން ކޯޓުއާ ބަދަލުކުރުމަށް ފަހު، ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯއާ ވަނީ އުންމީދަކީ އެއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް ރެއާލުން ކުރިއަށްގެންދިޔަ ޓެސްޓްތަކުން އެނގިގެންދިޔައީ، ކޯޓުއާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ދެތިން ހަފްތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން، މި ހަފްތާގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލުން ކުޅޭ މެޗުގެ އިތުރުން، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ކޯޓުއާ އަށް ގެއްލުމުގެ ބިރު އެބައޮތެވެ.

ނިއުކާސަލް އަތުން ބާސެލޯނާ މޮޅުވި މެޗުގެ ފަހުކޮޅުގައި، ގާސިއާ އަށް އަނިޔާވެގެން، ބަދަލުގައި ބާސެލޯނާ އިން ބަދަލުކީޕަރު، ވޮޒްޝިއޭ ޝެޒްނީ ކުޅެން އެރުވިއެވެ. ފަޔަށް ތަދުވެގެން ބާސެލޯނާ އިން ގާސިއާ ބަދަލުކުރަން ނިންމިއިރު، އޭނާ ދަނޑުން ބާލަން ޖެހުމުން އެ ވަގުތު ބާސެލޯނާގެ މެޑިކަލް ޓީމު ހާސްވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު، ބާސެލޯނާ އިން ގާސިއާގެ އަނިޔާގެ ތަފްސީލް ހޯދަން ހެދި ފުރަތަމަ ޓެސްޓްތަކުން އެނގުނު ގޮތުގައި، ސީރިއަސް އަނިޔާއެއް ވެފައި ނެތްއިރު، ގާސިއާ ހުރީ ދެން ކުޅޭ މެޗު ވެސް ކުޅެވޭ ހާލަތުގައި ފިޓްކޮށް ކަމަށް ބާސެލޯނާއާ ހަވާލާދީ ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.