Advertisement

ހިންނަވަރު އިންޖީނުގޭގައި ހިންގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަނީ


ހިންނަވަރު އިންޖީނުގޭގައި ހިންގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަނީ

ޅ. ހިންނަވަރު ފެނަކަ އިންޖީނުގޭގައި ހިންގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ހިންނަވަރު އިންޖީނުގެ ތެރޭގައި ބައެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ އިއްޔެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި މީހަކަށް އަނިޔާވެގެން ޑޮކްޓަރަށް ދެއްކި ނަމަވެސް، އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގީ ހަތަރު މީހުންގެ ގްރޫޕަކުން އިންޖީނުގެއަށް ވަދެގަނެ، އެތަނުގެ މުވައްޒަފަކާ އެވެ.

މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.