about 1 hour 0
ލީވާން އަލީ ނާސިރު
about 1 hour 0
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ފަސް ކިލޯއަށްވުރެ ގިނަ ކެނެބިސް ފަތުގެ އިތުރުން ހަ ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލް ހިމެނޭ ކަމަށެވެ.
އަތުލައިގަތް ކެނެބިސް ފަތާއި ހަޝިޝް އޮއިލްގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމުން ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ކަސްޓަމުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ވެސް މިކަމާ ގުޅިގެން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅިގެން މީހަކު މިހާތަނަށް ހައްޔަރުކުރިކަން ސާފެއް ނުވެ އެވެ.
ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި ކަސްޓަމުން ދަނީ އަތުލައިގަންނެ، މައްސަލަ ތަހުގީގުކުރަން ފުލުހުންނާ ހަވާލުކުރަމުންނެވެ. މިއީ މި އަހަރު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް އެންމެ ގިނަ އަދަދުގެ މަސްތުވާތަކެތިކަން ފާހަގަކުރެވެ އެވެ.
Comment